ޚަބަރު

ކަރަންޓް ބިލު ބޮޑުކަމަށް ބުނެ މަކުނުދޫގައި މުޒާހަރާ ކުރަނީ

ދެން އެމްވީ

ހދ. މަކުނުދޫގައި އެހެން މަސްމަހާއި ހިލާފަށް ކަރަންޓުބިލު ބޮޑުވެފައިވާކަމަށް ބުނެ އެރަށުގެ ބަޔަކު ފެނަކަ އޮފީސް ދޮރުމަތީ މުޒާހަރާ ކުރަމުން އެބަދެއެވެ.

މަކުނުދޫ ކައުންސިލްގެ ނައިބް ރައީސް އަހްމަދު ވާފިރު "ތިލަދުން" އަށް ވިދާޅުވެފައި ވަނީ ރައްޔިތުންގެ ކަންބޮޑުވުމަކީ ސަރުކާރުން މިމަހުގެ ކަރަންޓުބިލް ކުޑަވާނެކަމަށް ބުނެފައިވާއިރު އެހެން މަސްމަހާއި ހިލާފަށް މިދިޔަމަހު ކަރަންޓުބިލް ބޮޑުވެފައި ވުމެވެ. ވާފިރުވެސް ވަނީ އެބޭފުޅާއަށް ލިބުނު ބިލް ބޮޑުކަން ފާހަގަ ކުރައްވާފައެވެ.

ވާފިރު ވިދާޅުވީ 350 ރުފިޔާ އަރާ ގޭބިސީއަކަށް މިދިޔަމަހުގެ ބިލްގައި 800 ރުފިޔާ އަރާފައިވާ ކަމަށެވެ. އަދި 2000 ރުފިޔާ އަރާ ތަންތަނަށް 4000 ރުފިޔާ އަރާގައިވާކަން ފާހަގަކުރެވޭކަމަށް ވާފިރު ވިދާޅުވި އެވެ.

އެސަރަހައްދުގައި ހުރި މީހަކު "ތިލަދުން" އަށް މަޢޫލޫމާތުދެމުން ބުނެފައިވަނީ މިހާރު އިންޖީނުގޭތެރެއަށް އެއްބަޔަކު ވަދެފައިވާކަމަށެވެ. އިންޖީނުގެ ހިންގުމާއި ހަވާލުވެ ހުރި ފަރާތާއި އެމީހުން ސުވާލު ކުރަމުން ދާއިރު ބޭރުގައި އެއްބަޔަކު ތިބިކަމަށާއި އެސަރަހައްދުގައި ފުލުހުންވެސް ހަރަކާތްތެރިވާކަމަށް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!