ޚަބަރު

ﷲ އަށް ޙަމްދުހުރި! ކޮވިޑްގެ ޝިކާރައަކަށް ވި ސިފައިންގެ މީހަކަށް ޝިފާ ލިބިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑްގެ ޝިކާރައަކަށް ވި ސިފައިންގެ މީހަކަށް ޝިފާ ލިބިއްޖެއެވެ.

Ads by MWSC

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ މި ބަލިން ރަނގަޅުވެ އަލުން ހިދުމަތަށް ނިކުންނަވާފައިވަނީ މުއައްމަރު މުހައްމަދު ކަމަށެވެ.

ބަލިން ރަނގަޅުވުމާއެކު ވަގުތުން ގައުމަށް ހިދުމަތް ކުރަން އެނބުރި އައުމުން އެކަމަށް ޝުކުރުވެރިވާ ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން މުއައްމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމަށް ހިދުމަތް ކުރުމަކީ އޭނާ އަށް ލިބޭ ޝަރަފެއް ކަމަށެވެ.

އޭނާ ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ސިފައިންގެ އިސް ފަރާތްތަކުގެ އިތުރުން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އޭނާ އަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ޑޮކްޓަރުންނާއި ނަރުހުންނަށް ޝުކުރު އަދާ ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!