ޚަބަރު

ކޮވިޑް ޖެހުނު 88 އަހަރުގެ މީހަކު ވެންޓިލޭޓަރަށް ލައިފި، ހާލު ސީރިއަސް!

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް-19 ޖެހުނު 88 އަހަރުގެ މީހަކު ވެންޓިލޭޓަރަށް ލައިފިއެވެ.

Ads by Hajj Corporation

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ މުޙައްމަދު އަލީ ވިދާޅުވީ އުމުރުން 88 އަހަރުގެ އެމީހާ ވެންޓިލޭޓަރަށް ލާފައިވަނީ ޙާލު ސީރިއަސްވެ ނޭވާލާން އުނދަގޫ ވާތީ ކަމަށެވެ.

"ވެންޓިލޭޓަރަށް ލުމުގެ މާނައަކީ ނޭވާލާ ހޮޅީގެ ތެރެއަށް ހޮޅިއެއް ލައްވާފައި މެޝިނަކާއި ގުޅާފައި އޮންނަ ވާހަކަ. ވެންޓިލޭޓަރަށް ލުމަށްފަހު އޮކްސިޖަން ދޭންޖެހޭ މިންވަރު އިތުރުކުރާކަށް ނުޖެހޭ އިރާދަކުރެއްވީތީ. ނަމަވެސް ލޭގެ ޕްރެޝަރު ހިފަހައްޓާވަރު ތަންކޮޅެއް ދަށްވުމުން އެކަމަށް ބޭސް ދެމުންދަނީ" ޑރ.މުހައްމަދު އަލީ ވިދާޅުވިއެވެ.

ވެންޓިލޭޓަރަށް ލީ އިރާއި މިހާރާއި އަޅާބަލާއިރު، އޭރަށް ވުރެ ހާލު އިތުރަށް ގޯސް ވެގެން ނުދާ ކަމަށްވެސް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

މި މީހާއެކު އިތުރު ފަސް މީހަކަށް ވެސް ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން އެކަކުގެ ޙާލު މިހާރު ރަނގަޅުވެ، ކޯވިޑް-19އަށް ހެދި ފުރަތަމަ ޓެސްޓް ނެގެޓިވްވުމުން ދަރުމަވަންތަ ހޮސްޕިޓަލުގެ 17ވަނަ ފަންގި ފިލާއަށް އަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!