ޚަބަރު

ހިތާދޫ ރައްޔިތުންގެ ފަރާތުން ރޯޔަލް އައިލެންޑުގައި ކަރަންޓީނުގައި ތިބި މީހުންނަށް ރޯދަ ވީލުމެއް ދީފި

ދެން އެމްވީ ، ދެން އޮންލައިން

ބ. ހިތާދޫ ރައްޔިތުންގެ ފަރާތުން ރޯޔަލް އައިލެންޑުގައި ކަރަންޓީނުގައި ތިބި މީހުންނަށް ރޯދަ ވީލާ ތަކެތި ފޮނުވައިފިއެވެ.

ހިތާދޫ މީހަކު ބުނީ ދިވެހިންނަކީ މިފަދަ ކޮންމެ ދަތި އުނދަގޫ ދަނޑިވަޅެއްގައިވެސް އެއްބައިވަންތަ ކަމުގެ ނަމޫނާ މިސާލެއް ކަމަށެވެ.

މީގެ ކުރިން ރ. ފައިނުގެ ރައްޔިތުންގެ ފަރާތުން ވެސް ރޯޔަލް އައިލެންޑްގައި ކަރަންޓީނުގައި ތިބި މީހުންނަށް ބައި ޓަނު ކަރާ ހަދިޔާ ކޮށްފައެވެ.

އެ ފަހަރު އެރަށުގައި ދަނޑު ބިމަށް 84 ބިން ދޫކޮށްފައިވާއިރު ޖުމްލަކޮށް ހުރިހާ ދަނޑަކުން ވެސް ވަނީ ކަރާ ހަދިޔާ ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!