ޚަބަރު

ރެސިޕީ: ލެމަން ޕައި

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާނެ ތަކެތި

1 ދަޅު ގެރިކިރު

3 ބިހުގެ ގޮބޮޅި

2 މޭޒުމަތީ ސަމުސާ ގާނާފަ ހުރި ލެމޮންގެ ތޮށި

2/1 ޖޯޑު ލެމޮން ޖޫސް

1 ޖޯޑު ވިޕިން ކުރީމް

3 މޭޒުމަތީ ސަމުސާ ހަކުރު

ޕައި ފުށްގަނޑު ހެދުމަށް

12 މޭޒުމަތީ ސަމުސާ ބަޓަރު

3 ޖޯޑު ފުށް

1 މޭޒުމަތީ ސަމުސާ ލޮނު

1 މޭޒުމަތީ ސަމުސާ ހަކުރު

3/1 މާޖިރިން ނުވަތަ ވެޖެޓަބަލް ޝޯޓެނިން

6 މޭޒުމަތީ ސަމުސާ ފިނިކުރި ފެން

ހައްދަވާނެ ގޮތް

ޕައި ފުށްގަނޑު ހެއްދެވުމަށް ޕައި ފުށް ގަނޑަށް ބޭނުންވާ ތަކެތި އެއްކޮށްލުމަށްފަހު އައިސްއަލަމާރީގައި 30 މިނެޓް ވަންދެން ބާއްވާށެވެ. އެއަށް ފަހު ޕައި ފުށްގަނޑު އަލަމާރީން ނެގުމަށް ފަހު ބޭކިން ޓުރޭގައި ފަތުރާލާށެވެ. ހުރިހާ ފަރާތެއްވެސް ރަނގަޅަށް ފޮރުވޭވަރަށް ފުށްގަނޑު އަޅާލަންވާނެއެވެ. ގެރިކިރު، ހަކުރު، ބިހުގެ ގޮބޮޅި، ގާނާފަ ހުރި ލެމޮން ތޮށި އަދި ލެމޮން ޖޫސް މެޝިނުގައި ގިރާލާށެވެ. ރަނގަޅަށް ގިރާލެވުމުން ޕައި ޓުރޭގެ ތެރެއަށް އަޅުއްވާ 350 ޑިގްރީ ސެލްސިއަސް ގައި 15 މިނެޓް ވަން ފިހެލާށެވެ. ފިހެވުމުން އަވަނުން ނަގާ، އައިސް އަލަމާރި އަށް ލެއްވުމުގެ ކުރިން ފިނިވަން ދެން ބޭރުގަ ބަހައްޓާލާށެވެ. ފިނިވުމުން އަލަމާރިން ނެގުމަށް ފަހު ވިޕް ކުރިމް، ވިޕް ކޮއްލުމަށް ފަހު ޕައި މަތީ ފަތުރާލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!