ޚަބަރު

ނިކަމެތިވި ވަގުތުކޮޅު ކަދުުރުކޮޅު ވެސް ހުސްވެއްޖެ: ޖަމީލް

ސަރުކާރުގެ ވަޒީރުންނަށް ބޮޑެތި ތުހުމަތު ތަކެއް ކުރައްވައި ނިކަމެތިވި ވަގުތުކޮޅު ކަދުުރުކޮޅު ވެސް ހުސްވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލު ވިދާޅުވީ ކުރެއްވި ޓްވީީޓެއްގައި ވަނީ ކޮވިޑް19 ގެ ކަންކަމާއި ގުޅިގެން ކުރާ ސީޕްލޭން ދަތުރުތައް ކުރަނީ "10،000 ރުފިޔާ ދިނުމަށް" ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އަދި ކޮވިޑް19 އާ ގުޅިގެން ހަރަދުވި 600 މިލިއަން ހަރަދުވި ގޮތް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަން ފާހަގަކުރައްވަމުން ޑރ. ޖަމީލް ވަނީ ވަޒީރުންނާއި އާއިލީ އެކައުންޓުތައް އޭސީސީ އަށް ހުށަހެޅުމަށް ގޮވާލާފައެވެ.

ޑރ. ޖަމީލް ތުހުމަތު ތަކާއި އެކު ކުރި ޓްވީޓަށް ގިނަ ބަޔަކު އަންނަނީ ރައްދުދީ ޑރ. ޖަމީލަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

ކޮވިޑް19 ގެ ހަރަދުތައް ހިނގާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށްކަމަށް ޑރ. ޖަމީލް ތުހުމަތު ކުރައްވާފައިވީ ނަމަވެސް، ނޭޝަނަލް އެމާޖެންސީ ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ ކޮވިޑް19 ގެ ކަންކަމުގައި މިހާތަނަށް ހަރުދުތައް ހިނގާފައިވާގޮތުގެ ތަފްސީލުތައް މީޑިއާތަކާ މީގެ ކުރިން ހިއްސާކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!