ޚަބަރު

ވެލާ ރިސޯޓުން ނަރުދޫއަށް މާސްކާއި އަންގި ހަދިޔާކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ވެލާ ޕްރައިވެޓް އައިލެންޑު ރިސޯޓުން ށ. ނަރުދޫއަށް މާސްކާއި އަންގި ހަދިޔާ ކުރަން ނިންމައިފި އެވެ.

Ads by STELCO

މާލެ ފިޔަވައި ރާއްޖޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވަނީ ނަރުދޫއިންނެވެ. އެގޮތުން އެ ރަށުން 11 މީހަކަށް އެބަލި ޖެހިފައިވާއިރު މުޅި ރަށް ވެސް އޮތީ ހާސްކަމާއި ބަރުވެރިކަމެއްގެ ތެރޭގައެވެ.

ނަރުދޫ ސޯޝަލް ސަޕޯޓް ޑެސްކުގެ ފޯކަލް ޕޮއިންޓް އަދި ކައުންސިލްގެ ޒިންމާދާރު ވެރިޔާ މޫސާ ހުސައިންފުޅު "ސަން"އަށް ވިދާޅުވީ ވެލާއިން މަސްކާ އަންގި ފަދަ ތަކެތި ދޭނެ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް އޭގެ މާބޮޑު ތަފްސީލެއް ނުލިބޭ ކަމަށެވެ.

ނަރުދޫ ކައުންސިލްގެ ރައީސް އަހްމަދު އާރިފް "ސަން"އަށް ވިދާޅުވީ ވެލާ ޕްރައިވެޓް އައިލެންޑުގެ އިސް ބޭފުޅަކު ފޯނުން ގުޅުއްވާފައި މާސްކާއި އަންގި ފަދަ ތަކެތި ދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއް ކަމާއި އިތުރު ތަފްސީލެއް އަދި ލިބިފައިނުވާ ކަމަށް އާރިފް ވިދާޅުވި އެވެ.

ވެލާ ރިސޯޓުގެ ވެރިން ވަނީ ރާއްޖެއަށް ފަސް ވެންޓިލޭޓަރު، 10،000 ޓެސްޓު ކިޓު، 100،000 ފޭސް މާސްކު، 200 ރެސްޕިރޭޓަރު، 500 ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެން ހަދިޔާ ކޮށްފިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!