ޚަބަރު

ނަސްރުﷲ ގެއްލުނު ޑިންގީ ކަނޑުން އަޑިން ނަގައިފި

ދެން އެމްވީ ، ދެން އޮންލައިން

ބ. އަތޮޅު ދޮންފަނާއި، ހަނިފަރާ ދެމެދު ދަތުރު ކުރަމުންދިޔަ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލިފައިވާ ޑިންގީ ކަނޑު އަޑިން ނަގައިފިއެވެ.

Ads by MWSC

އެމްއެންޑީއެެފުން ބުނީ އެކްސިޑެންޓުގައި ގެއްލުނު ޑިންގީ ދޮންފަނުގެ ހުޅަނގުން 0.5 ނޯޓިކަލް މޭލު ބޭރުން ނަގާފައިވާ ކަމަށެވެ. އަދި އެ ޑިންގީ ނެގީ 46 މީޓަރު އަޑިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އިއްޔެ ވަނީ އެ ސަރަހައްދުން ޑިންގީގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ވެސް ނަގާފައިވާ ކަމަށެވެ. އެގޮތުން އިންޖީނެއްގެ މަތިގަނޑެއް ޑައިވަރުން ނަގާފައިވާ ކަމަށާއި، އެއީ ޑިންގީގެ އިންޖީނުގެ އެއްޗެއްތޯ ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

މީގެކުރިން ހަމަ އެ ސަރަހައްދުން މަސްބާނަން ބޭނުންކުރާ ސާމާނާއި ނެވިގޭޝަން ލައިޓެއް ވެސް ވަނީ ފެނިފަ އެވެ.

ދޮންފަނާއި އެއަތޮޅު ހަނިފަރާ ދެމެދު ދަތުރު ކުރަމުން ދިޔަ ފެރީ ލޯންޗަކާއި ޑިންގީއެއް ޖެހުނު ހާދިސާގައި ޑިންގީއިން ގެއްލުނު ނަސްރުﷲގެ އެއްވެސް ނިޝާނެއް އަދި ފެނިފައެއް ނުވެ އެވެ.

ޑިންގީ އާއި ނަސްރުﷲ ހޯދަން އެމްއެންޑީއެފް އިން އަންނަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަނުގައި އެމްއެންޑީއެފްގެ ޑައިވަރުންގެ އިތުރުން ރިސޯޓުތަކުގެ ގިނަ އަދަދެއްގެ ޑައިވަރުން ވެސް އަންނަނީ ބައިވެރިވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!