ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި
އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ނިންމަން ބާއްވާ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
އެމްޑީޕީން ބުނީ އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު އަންނަަ ހުކުރު ދުވަހުގެ އިރުއޮއްސުމާ ހަމައަށް އޮންނާނެ ކަމަށާއި ހަތަރު ސިޓީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ދާއިރާތަކުގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ވަކިން އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީ މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާއިރު ޕްރައިމަރީގައި ވޯޓު ދެވޭނީ މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގެ ދަފްތަރުގައި ހިމެނިފައިވާ މެންބަރުންނަށެވެ.