ޚަބަރު

ރެސިޕީ: ބީފް ސްޓޫ

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާތަކެތި:

Ads by MWSC

500 ގްރާމް ގެރިމަސް

2 އަލުވި

1 ކުޑަ ފިޔާ

2 ލޮނުމެދު

1/2 ސެލަރީ ދަނޑި

2 ކެރެޓު

2 މޭޒުމަތީ ސަމްސާ ފުށް

1 ސައިސަމްސާ ވޮސެސްޓަރޝަޔަރ ސޯސް

1 ސައިސަމްސާ މުގުރި އަސޭމިރުސް

1 ސައިސަމްސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)

1 ޖޯޑު ކުކުޅު ސުރުވާ ( 1ޖޯޑު ފެނަށް 1 ކުކުޅު ސްޓޮކް ޕެކެޓް ގިރުވާފައި)

1 މޭޒުމަތީ ސަމްސާ ތެޔޮ

1/2 ޖޯޑު ފެން

1 ސައިސަމްސާ ހަކުރު

ހަދާނެގޮތް:

1. ގެރިމަސްކޮޅު ދޮޅު އިންޗި އެތިކޮޅެއްގައި ހުންނާނެ ގޮތަށް ކޮށާލާށެވެ.

2. ކެރެޓާއި އަލުވިވެސް ކޮށާނީ ދޮޅު އިންޗީގެ ބުރިބުރިއަށެވެ. ސެލަރީ ކޮށާނީ އެއް އިންޗީގެ ބުރިބުރިއަށެވެ.

3. ފިޔާތަށްވެސް ތަންކޮޅެއް ބޮޑެތިކޮށް ހުންނާނެ ގޮތަށް ކޮށުމަށްފަހު ލޮނުމެދުކޮޅު ކުދިކޮށް ކޮށާލާށެވެ.

4. ބޮޑު ބޯތައްޓެއްގައި ފުށާއި، ލޮނާއި އަސޭމިރުސްކޮޅު އެއްކޮށްލާށެވެ.

5. ކޮށި ގެރިމަސްކޮޅު އޭގެ ތެރެއަށް އަޅައި ހުރިހާ އެތިކޮޅެއްގައި ރަނގަޅަށް ފުށްގަނޑު ހިފާނެގޮތަށް ފުށުން ޖަހާލާށެވެ.

6. ބޮޑު ތެއްޔަކަށް ތެޔޮކޮޅު އަޅައި ހޫނުކޮށްލާށެވެ. ގިނި ބަހައްޓާނީ މެދުމިނުގައެވެ.

7. ތެޔޮކޮޅު ރަނގަޅަށް ހޫނުވުމުން ގެރިމަސްކޮޅު އޭގެތެރެއަށް އަޅައި ގެރިމަހަށް މުށިކުލަ އަރަން ފަށަންދެން ކައްކާށެވެ.

8. ގެރިމަސްކޮޅަށް ރަނގަޅަށް މުށި ކުލަ އެރުމުން ބާކީހުރި ހުރިހާ އެއްޗެއް ތެއްޔަށް އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު45 - 30 މިނެޓު ވަންދެން މަތިޖަހައިގެން ވަރަށް މަޑު ގިނީގައި ކައްކާށެވެ.

* ވޯސެސްޓަރޝަޔަރ ސޯސްނެތްނަމަ ކުޑަ ލުނބޯކޮޅެއް ފިތާލާށެވެ. ކުޑަކޮށް ރަހަ ތަފާތު ވާނެއެވެ. ނަމަވެސް މީރުވާނެއެވެ. ސެލަރީ ލިބެން ނެތްނަމަ އެވެސް ނާޅާ މިކެއުން ހަދާލެވިދާނެއެވެ. ބަތާއި އެކުވެސް އަދި މޭޝްޑް ޕޮޓޭޓޯސް އާއިއެކުވެސް މިކާލެވޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!