ޚަބަރު

އާސަންދައިގެ ހޭދަ ބަޖެޓަށްވުރެ އިތުރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ގައުމީ ބޭސް ފަރުވާގެ ނިޒާމް، އާސަންދައިން މިދިޔަ އަހަރު ކުރި ހޭދަ ލަފާކުރި ވަރަށްވުރެ އިތުރު ވެއްޖެ އެވެ.

Ads by STELCO

ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ހަފުތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އާސަންދައިން ހަރަދު ކުރުމަށް މިދިޔަ އަހަރަށް ބަޖެޓްކޮށްފައި އޮތީ، އެއް ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު 1.2 ބިލިއަން ރުފިޔާ ވަނީ އާސަންދައަށް ހޭދަކޮށްފަ އެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު، ސަބްސިޑީ އަށް ކަނޑައަޅާފައިވާ 1،262.7 މިލިއަން ރުފިޔާ އަށްވުރެ އިތުރަށް ވަނީ ހަރަދުކޮށްފައެވެ. އެގޮތުން ސަބްސިޑީގެ ގޮތުގައި ސަރުކާރުން މިދިޔަ އަހަރުގެ ނިޔަލަށް 1،281.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ދަތުރުތަކަށް މިދިޔަ އަހަރު 142.1 މިލިއަން ކަނޑައަޅާފައި ވީނަމަވެސް ދަތުރުތަކަށް އަހަރު ނިމުނު އިރު 223.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މުވައްޒަފުންގެ މުސާރައަށް މިދިޔަ އަހަރު ކަނޑައަޅާފައިވަނީ 4353.5 މިލިއަން ރުފިޔާ ނަމަވެސް އަހަރު ނިމުނު އިރު މުވައްޒަފުންގެ މުސާރައަށް 4641.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ގައުމީ ބޭސް ފަރުވާނެ ނިޒާމުން ކުރާ ހޭދައިގެ ބޮޑު ބައެއް ދަނީ ބޮޑެތި ބަލި ތަކަށް ރާއްޖޭން ބޭރުގައި ބޭސް ފަރުވާ ކުރަން ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!