ޚަބަރު

މައްސަލަ ދިމާވި ފޮތްތައް ސްކޫލާ ހަވާލުކުރަން ވާނީ އަންގާފައި: އަހުމަދިއްޔާ

ދެން އެމްވީ ، ދެން އޮންލައިން

އެހެން ދީންތަކުގެ މައުލޫމާތު ހިމެނޭ ދެ ފޮތެއް ދޫކުރެވުނީ އޮޅުމަކުން ކަމަށާއި އެ ފޮތްތައް ހަވާލުކުރަން އަންގާފައިވާ ކަމަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ބުނެފި އެވެ.

Ads by MWSC

އެ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު ރަޝީދު ވިދާޅުވީ މައްސަލަ ޖެހިގެން އުޅެނީ ޔޫކޭޖީގެ އިނގިރޭސި މާއްދާގެ ދެ ފޮތެއްގައި، ކްރިސްމަސް ލަވަ އަދި އިންޑިއާގެ ދީނާއި ސަގާފަތާ ގުޅޭ ކުރެހުންތައް ހުރެގެން ކަމަށެވެ.

އެ ފޮތްތައް ގެނައީ އިންޑިއާގައި ހުންނަ ކެމްބްރިޖް ޕްރެސް ޔުނިވާސިޓިންނެވެ. މީގެ ކުރިން ވެސް އަހުމަދިއްޔާ އަށް ފޮތްތައް ގެނެސްފައިވަނީ އެ ޔުނިވާސިޓިން ކަމަށް ވިއަސް ކުރިން ފޮތްތައް ދޫކުރަނީ، ރަޝީދު ވިދާޅުވިގޮތުގައި، އެހެން ދީންތަކާ ގުޅޭ ކުރެހުންތަކުގެ ބަދަލުގައި ރާއްޖޭގެ ދިދަ އާއި ތާރީހާ ގުޅޭ މައުލޫމާތު ހިމެނޭ ގަނޑެއް ތަތްކުރުމަށް ފަހުގައި ކަމަށެވެ.

ރަޝީދު ވިދާޅުވީ ޔޫކޭޖިން 300 ދަރިވަރުންނަށް ޖާގަދީފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް ގެންގޮސްފައިވަނީ 60 ފޮތް ބައި ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!