ޚަބަރު

އާއްމު ރޯގާތައް ޖެހިގެން މިއަހަރު ރިޕޯޓުކުރި އަދަދު މަދު: އެޗްޕީއޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

2019 ވަނަ އަހަރާއި އަޅާބަލާއިރު، މިއަހަރު އާއްމު ރޯގާތައް ޖެހިގެން ރިޕޯޓުކުރި އަދަދު މަދު ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެގޮތުން އެޗްޕީއޭއިން ބުނެފައި ވަނީ ވިއްސާރަ މޫސުމާ ދިމާކޮށް އާއްމުކޮށް ފެތުރެމުން އަންނަ ޑެންގޫ ހުން ވެސް މިއަހަރުގެ އެދުވަސްރު ރިޕޯޓްކޮށްފައިވާ މިންވަރު ވަރަށްބޮޑަށް ދަށްވެފައިވާ ކަމަށެވެ. ޑެންގޫ ހުން ޖެހިގެން މިދިޔަ ސެޕްޓެމްބަރުމަހު ރިޕޯޓުކޮށްފައި ވަނީ 12 ކޭސްއެވެ. އަދި އޮކްޓޫބަރުމަހު ރިޕޯޓްކޮށްފައި ވަނީ 8 ކޭހެވެ.

އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވާ މިންވަރަށް ބަލާއިރު ވެސް މިދިޔަ އަހަރަށްވުރެ މިއަހަރު ރިޕޯޓުކުރި އަދަދު ވަރަށް ބޮޑުތަން މަދު ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ. ނަަމަވެސް ފާއިތުވީ ހަ މަސް ދުވަހާއި އަޅާބަލާއިރު އޮކްޓޯބަރު މަހު ރޯގާ ޖެހުނު މީހުންގެ އަދަދު މަތިކަން ވެސް ފާހަގަ ވެފައިވެއެވެ. އެގޮތުން ސެޕްޓެމްބަރުމަހު ރިޕޯޓްކޮށްފައިވަނީ އަރިދަފުސް ރޯގާގެ 3154 ކޭސް ކަމަށާއި ނަމަވެސް އޮކްޓޯބަރު މަހު 5782 މީހުންނަށް އަރިދަފުސް ރޯގާޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ރިޕޯޓުތަކުން ދައްކާފައިވެއެވެ.

އަރިދަފުސް ރޯގާއާއި އެއްގޮތަށް ބޭރަށް ހިންގުންޖެހިގެން މިއަހަރުގެ ފާއިތުވީ ހަ މަސް ދުވަހު ރިޕޯޓުކުރި ޢަދަދަށްވުރެ، އޮކްޓޯބަރު މަހު ރިޕޯޓްކުރި ޢަދަދުވަނީ އިތުރުވެފައެވެ. އެގޮތުން ބޭރަށް ހިންގުމާއި ހޮޑުލުމުގެ 767 ކޭސް މިދިޔަ ސެޕްޓެމްބަރުމަހު ހުށަހަޅާފައިވާއިރު، މިބަލީގައި އޮކްޓޯބަރުމަހު 1003 ކޭސް ރިޕޯޓު ކޮށްފައިވެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ފާހަގަވެއެވެ. އެހެންކަމުން އާއްމު ރޯގާތައް ފެތުރޭ މިންވަރު ކުޑަކުރުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!