ޚަބަރު

ހިތާމައިގެ ކޮޅެއް ނެތް، އެންމެ އާބާދީ ބޮޑު ޗައިނާއަށްވުރެ ކޮވިޑަށް ފައްސިވި މީހުން ގިނަ 10 ޤައުމު!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް ޖެހިގެން މުޅި ދުނިޔެއިން މިހާތަނަށް 3,721,393 މީހުން ފައްސި ވެއްޖެއެވެ. މިއާއެކު ކޮވިޑް19 ފުރަތަމަ ފެނުނު ޗައިނާއަށްވުރެ، ކޮވިޑް ޖެހުނު މީހުން ގިނަ 10 ޤައުމުވަނީ ރިކޯޑް ކުރެވިފައެވެ.

Ads by STELCO

މި ލިސްޓްގައި އެންމެ ބޮޑަށް ފާހަގަ ކުރެވެނީ މިހާތަނަށް އެންމެ ގިނަ މީހުންނަށް ކޮވިޑް19 ޖެހުނު އެމެރިކާއެވެ. އެމެރިކާއިން މިހާތަނަށް 1,235,919 މީހަކު ކޮވިޑަށް ފައްސިވެފައިވެއެވެ. ދެވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސި ވެފައިވާ ސްޕެއިނުން ފައްސިވެފައިވަނީ 250,561 މީހުންނެވެ އަދި 213,013 މީހުންނާއެކު ތި ވަނައަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ އިޓަލީއިންނެވެ.

ކޮވިޑް19 އަށް ދެން އެންމެ ގިނަ މީހުން ފައްސިވެފައިވަނީ، އިނގެރޭސި ވިލާތް، ފްރާންސް، ޖާރމަނީ، ރަޝިޔާ، ތުރުކީ، ބްރެޒިލް އަދި އީރާންއެވެ.

ޗައިނާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިއްޔެ ޗައިނާއިން ކޮވިޑަށް ފައްސިވެފައިވަނީ ތިން މީހުންނެވެ. އަދި އޭގެ ކުރީ ދުވަހު ކޮވިޑަށް ޗައިނާއިން ފައްސި ވެފައިވަނީ އެންމެ މީހެކެވެ. ކޮވިޑް ޖެހިގެން ޗައިނާއިން މީހެއް މަރުނުވާތާ 17 ދުވަސްވަނީ ވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!