ޚަބަރު

ހެޔޮއެދޭ ފަރާތަކުން ކެނދިކުޅުދޫގައި އެޅި މިސްކިތެއް ރައީސް ހުުޅުއްވައި ދެއްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ހެޔޮއެދޭ ފަރާތަކުން ނ. ކެނދިކުޅުދޫގައި އެޅި މިސްކިތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ހުުޅުއްވައި ދެއްވައިފިއެވެ.

މިއަދު އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރާއި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ބައިވެރިވެވަޑައިގެންނެވި އެވެ.

އެ މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީވެސް ރައީސް ސޯލިހެވެ. މިދިޔަ އަހަރުގެ ކުރީކޮޅު އެމަނިކުފާނު ބިންގާ އަޅުއްވައިދެއްވި އެ މިސްކިތަކީ އެއް ފަހަރާ 550 މީހުން ނަމާދު ކުރެވޭ މިސްކިތެކެވެ.

އެ މިސްކިތާއެކު ކެންދިކުޅުދޫގައި މިހާރު ފަސް މިސްކިތް ހުރެއެވެ.

ރައީސް ކެންދިކުޅުދުއަށް ކުރައްވާ ދަތުރުފުޅުގައި އެރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!