ވިލިއަމް އަދި ހެރީގެ ދައްތައެއް ހުންނަކަން އެނގޭތަ؟
އިނގިރޭސި ޝާހީ އާއިލާއަކީ، އެމީހުންގެ ޒާތީ ކޮންމެވެސް ކަމެއްގެ ސަބަބުން ވިޔަސް އަބަދުވެސް ނޫސްތަކުގެ ސުރުޚީ ތަކުގަައި ނަން އޮންނަ ބައެކެވެ. ހެރީ އަދި މޭގަން ޝާހީ އާއިލާ އާ ދުރަށް ދިއުން ކަމުގައި ވިޔަސް، ޝާހީ އާއިލާގެ ސިއްޙީ ހާލަތުވިޔަސް އެ އާއިލާގެ ވާހަކަ ނުފެންނަ ދުވަހެއް ދަނީ މަދުންނެވެ.
މިކަންކަމާއި ޚިލާފަށް ހެރީ އަކީ މީޑިޔާއާ ދުރުގައި އުޅެން ބޭނުންވާ ފަރާތެއްކަން މީގެ ކުރިން ވަނީ އެނގިފައެވެ. މޭގަން އަދި ޑަޔާނާއާއި ބެހޭގޮތުން ސާބިތު ނުހިފޭ ވާހަކަ ފަތުރާ ނޫސް ތަކާ ދުރުމިނެއް ބަހައްޓަން ހެރީ ބޭނުންވެއެވެ. މި ގޮތަށް ނޫހެއް ގޮވައިގެން ކޯޓަށް ދާންވެސް ހެރީ އާ މޭގަން އުޅުނެވެ.
ނަމަވެސް މިހުރިހާ ކަމަކުން ދުރުގައި އުޅޭ، ޝާހީ އާއިލާ އާ ގުޅުން އޮންނަ މީހަކު ހުރެދާނެކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟
އެފަދަ މީހަކީ ހެރީ އަދި ވިލިއަމްގެ ދައްތަ ލައުރާ ލޯޕްސް އެވެ. ލައުރާ އަކީ ޗާލްސްގެ ދެވަނަ އަންހެނުން ކެމީލިޔާގެ ފުރަތަމަ ފިރިމީހާއަށް ލިބުނު ކުއްޖެކެވެ. ޗާލްސްގެ ދޮންދަރިއެކެވެ. ހެރީ އަދި ވިލިއަމްވެސް ކިޔަންވާނީ ދައްތައެވެ. 2005 ގައި ޗާލްސްއާއި ކެމީލިޔާގެ ކައިވެނީގެ ހަފްލާއަށް ވެސް ލައުރާ ދިޔައެވެ. ނަމަވެސް އެ ދުވަހުން ފެށިގެން ވެސް ކެމީލިޔާ ބޭނުންވީ މީޑިޔާއާ ދުރުގައި ލައުރާ ބެހެއްޓުމަށެވެ.
2011 ގައި ވިލިއަމް އަދި ކޭޓްގެ ކައިވެނި ކުރެވުނު އިރުވެސް ބްރެއިޑްސްމެއިޑެއްގެ ގޮތުގައި ލައުރާ ބައިވެރިވިއެވެ. ނަމަވެސް އެއްވެސް މީހެއްގެ ލޯ ލައުރާއަށް އަމާޒުވެފައެއް ނުވެއެވެ.
ހެރީ ލޯޕްސް ނަމަކަށް ކިޔާ އެކައުންޓެންޓަކާ ކައިވެނި ކޮށްގެން އުޅޭ ލައުރާގެ 3 ކުދިންވެސް ތިބެއެވެ. އެއީ އުމުރުން 10 އަހަރުގެ އެލީޒިޔާ އަދި 9 އަހަރުގެ އެއްމާބަނޑު ދެބެން ކަމަށްވާ ލުއީ އަދި ގަސް އެވެ. އެހެންކަމުން މި އާއިލާއަށް އިތުރު ލުއީ އެއްވެސް ލިބުނީ އެވެ.
ލައުރާގެ ކުދިންނާ ވިލިއަމް އަދި ހެރީގެ ކުދިންނަނީ ޓެކްނިކަލީ ބަލާނަމަ ދެބެންގެދެދަރި ކުދިންނެވެ.
ލައުރާ އަކީ ފަންނުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހެކެވެ. އަދި ލައުރާގެ އެއްބަނޑުއެއްބަފާ ބޭބެއެއް ވެސް ހުރެއެވެ. އެއީ ނޫސްވެރިކަމާއި ލިޔުން ތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ޓޮމް ޕާރކަރ ބޯލްސް އެވެ. ޝާހީ އާއިލާގެ ހަފްލާތަކުން ޓޮމްވެސް ފެންނަނީ ވަރަށް މަދުންނެވެ.
ލައުރާ އަކީ ލަންޑަންގައި އާޓް ގެލެރީތައް ހިންގަމުން އައިސް މިހާރު އަމިއްލަ ގެލެރީ އެއްވެސް ހިންގާ މީހެކެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މޭގަން އާއި ހެރީ ޝާހީ އާއިލާ އާ ވަކިވެގެން ގޮސްފައި ވުމުން، މި ވަގުތަކީ ލައުރާގެ ތަރި ޝާހީ އާއިލާގައި ވިދަން ފަށަން ރަނގަޅު ވަގުތެކެވެ.