ޚަބަރު

މާލޭ ޖަލު ތިލަފުއްޓަށް ބަދަލުކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

މާލޭ ޖަލު ތިލަފުއްޓަށް ބަދަލުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނިންމައިފިއެވެ.

Ads by MWSC

ކަރެކްޝަންސްގެ އޮފިޝަލަކު ވިދާޅުވީ މިއަހަރުގެ ތެރޭ ފެށުމަށް ހަމަޖެހިފައިވާ އެ މަސައްކަތުގެ ޑިޒައިނިންގ އާއި ބިމުގެ ބޮޑު ބިން ބެލުން ފަދަ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓުގައި ވެސް ވަނީ އެކަމަށް 20 މިލިއަން ރުފިޔާ ހިމަނާފައެވެ.

މީގެއިތުރުން މި އަހަރުގެ ތެރޭގައި ހދ. ނޭކުރެންދޫގައި ޖަލެއް އެޅުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ޖަލުތަކުގެ ޖާގައިގެ މައްސަލަ ވެސް މިހާރު ވަނީ ބޮޑުވެފައެވެ. އެގޮތުން ކަރެކްޝަންސްގެ ހުރިހާ ޖަލެއް ފުރި ބައެއް ގައިދީން ބައިތިއްބާފައި ވަނީ ދޫނިދޫ ޖަލުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!