ޚަބަރު

އައިޖީއެމްއެޗްގެ އެމްބިއުލާންސްގެ ހިދުމަތް މެދު ކަނޑާލައިފި

އައިޖީއެމްއެޗްގެ އެމްބިއުލާންސްގެ ހިދުމަތް މެދު ކަނޑާލައިފިއެވެ.

ވަރަށް މޫތަބިރު ފަރާތަކުން "ދެން" އަށް މައުލޫމާތު ދިން ގޮތުގައި މިއަދު ޑިއުޓީއަށް ނިކުތީ އެންމެ އެހީތެރިޔެއް ކަމަށާއި ގިނަ މީހުން ތިބީ އައިސޮލޭޝަންގައި ކަމަށެވެ.

އެހެންކަމުން މިވަގުތު ދަތުރުކުރާނެ ޑްރައިވަރެއް އަދި އެހީތެރިޔެއްވެސް ނެތް ކަމަށެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ މަރުވި މީހާ ހޮސްޕިޓަލަށް ގެނެދިއުމުގައި ހަރަކާތްތެރިވި ދެ ޑްރައިވަރަކު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޕޮޒިިވްވި މީހަކާ ކޮންޓެކްޓްވިކަން އެނގިގެން އެ ޑްރައިވަރު އުޅެމުން ދިޔަ ގެ ވަނީ މޮނީޓަރިން އަށް ލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!