އައްނަބީލާ އަމީނާގެ ހަޔާތްޕުޅަށް ވުރެ ވަކިން ދިވެހިންނާ ގުޅިފައިވާ އެހެން އެއްވެސް ފަރާތެއް ނުވޭ: ނަޝީދު
އައްނަބީލާ އަމީނާ މުހައްމަދު އަމީންގެ ހަޔާތްޕުޅަށް ވުރެ ވަކިން ދިވެހިންނާ ގުޅިފައިވާ އެހެން އެއްވެސް ފަރާތެއް ނުވާ ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީގުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަމީނާ އަވަހާވަރަވީ މިއަދު ހެނދުނު މާލޭގަ އެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 85 އަހަރެވެ. އެކަމަނާ އަވަހާރަވީ މިފަހުން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ.
އެކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމީނާގެ ބައްޕާފުޅު އަވަހާރަވުމުގެ ހާދިސާއިން އެކަމަނާއަށް ލިބިވަޑައިގެންނެވި ހިތާމަ އާއި އަސަރު، ފަހުންވީ މުޅި ދިވެހި އުންމަތުގެ އުގޫބާތަކަށް އަދި ލިބު ވަރަށް ބޮޑު ފިލާވަޅަކަށް ކަމަށެވެ.
"ހަމަގައިމުވެސް 7 ފެބްރުއަރީ 2012 ގައި އަޅުގަނޑު ބަނޑޭރިގެއާ ހަމައަށް އެ އަނބުގަސްދޮށުގައި ނުހުރެ ބޭރަށް ނުކުތީ އަމީނާ އެވާހަކަ އެގޮތަށް ވިދާޅުވެފައި ވާތީ. މާތްﷲ އަލް މަރްހޫމާ އަށް ސުވަރުގެ މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށީ. އާމީން" ނަޝީދު ވިދާޅުވިއެވެ.
Annabeela Ameena Mohamed Ameen ge mulhi hayaipulhah vure vaki Dhivehinnai gulhifaiva ehen evves faraatheh nuvey. Bappafulhu avahaaravumuge haadhisa in Ameena ah libivadaigennevi hithaama ai asaru, fahunvee mulhi Dhivehi ummathuge ugoobathakah. Adhi libunu varah bodu filaavalhakah pic.twitter.com/wSsD74G7zJ
— Mohamed Nasheed (@MohamedNasheed) May 6, 2020
އަމީިނާ އަކީ 23 ފެބުއަރީ 1980 އިން ފެށިގެން 15 ޖެނުއަރީ 1989 އަށް ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އަމީނާ އަހަވާރަވުމާ ގުޅިގެން، މިހާރު ވަނީ ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފައެވެ. ތައުޒިޔާގެ ދަފްތަރުގެ ކަންކަން ކުރިއަށް ގެންދަނީ ވާޗުއަލް ކޮށެވެ.