ޚަބަރު

ދައުލަތަށް ފައިސާ ހޯދުމަށް ދަރުމަވަންތަ ހޮސްޕިޓަލް "މޯގޭޖްކޮށް" ލޯން ނަގަނީ!

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް 2021 ވަނަ އަހަރަށް ކަނޑައެޅި 37 ބިލިއަން ރުފިޔާގެ ބަޖެޓަށް ފައިސާ ހޯދުމަށް ، ރައީސް ޔާމީންގެ ވެރިކަމުގައި އެޅުއްވި ދަރުމަވަންތަ ހޮސްޕިޓަލް މޯގޭޖްކޮށް ލޯން ނެގުމަށް ސަރުކާރުން ތައްޔާރު ވަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Ads by STELCO

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް މޯގޭޖްކޮށް 300 މިލިއަން ޑޮލަރު ހޯދުމަށް ، އެ ހޮސްޕިޓަލް އަގުމަގު ކުރުމަށް މިހާރު ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމަށް ސިޓީއެއް ފޮނުއްވާފައެވެ.

މި ސިޓީގައި އަމީރު ވިދާޅުވެފައި ވަނީ "ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލް އަގުވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމުގެ މަސައްކަތް އިސްލާމިކް ކޯޕަރޭޝަން ފޯރ ދި ޑިވެލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓަރއާއެކު މިދަނީ ކުރަމުންނެވެ. އިސްލާމީ ޝަރީޢާގެ ހަމަތަކުގެ މަތިން މި ސުކޫކް ވިއްކުމަށް 100 އިންސައްތަ ސަރުކާރު ހިއްސާ ސްޕެޝަލް ޕަރޕޮސް ވެސަލް(އެސްޕީވީ)އެއް ހެދުމަށްފަހު ސުކޫކްގެ 51 އިންސައްތަ އަށް ވުރެ މަތީން އަގު ކުރެވޭ އެސެޓެއްގެ ބެނެފިޝަލް އޯނަރޝިޕް މި އެސްޕީވީއަށް ޓްރާންސްފަރ ކުރަން ޖެހެއެވެ. މި ވަގުތު ސަރުކާރުގެ ހުރި އެސެޓްތައް ބެލުމަށްފަހު މިކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމުން ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރުމަށް ވަނީ ނިންމާފައެވެ."

ރައީސް ޔާމީންގެ ސަރުކާރުން އެޅުއްވި ދަރުމަވަންތަ ހޮސްޕިޓަލަކީ އޭރުގެ އިދިކޮޅު ފަރާތްތަކުން ނުހަނު ގިނަ ފާޑު ކިޔުންތައް އަމާޒުވި ތަނެކެވެ. އެމްޑީޕީން އޭރު ބުނަމުން ދިޔައީ ، ކޮވިޑްގެ މިހާލަތުގައި ބަލި މީހުންނަށް އެންމެ ބޮޑަށް ފަރުވާ ދެމުން ގެންދާ އެ ހޮސްޕިޓަލަކީ ބޭނުން ނުހިފޭ ، ކޮންކްރީޓް ހޮހޮޅައެއް ކަމަށެވެ.

  1. ާރިސޯޓު މީހާ

    ފައިސާ ނެތީޔާ ކުރަންޖެހޭ ހަރަދުތައް މަޑުޖައްސާލުން ރަގަޅުކަމަށްފެނޭ ދައުލަތަށް ފައިސާ ލިބޭ އެސެޓްތައް ޕުރެވަޓައިޒް ކުޜީމަ އެއްފަހަރާ ފައިސާ ލިބުނަސް ދިގުމުއްދަތަކަށް ބަލާއިރު ލިބޭފައިދާ ކުޑަވާނެ. ހަމައެކަނި ވަގުތީ މަންފާއެޢް ހޯދުމުގެ ބަދަލުގައި ދިގުމުއްދަތަކަށް ގައުމަަށްވާ ގެއްލުމަށް ވިސްނަވާ…މިގައުމުގެ މިވަގުތުގެ ހާލަތު ނޭގޭ އެއްވެސް ދިވެއްސަކުނެތް…ކީއްތޯ ވާނީ ލިބޭ އެއްޗަކުން ރެވެނިއު ލިބޭނެ އިތުރު އިންޑަސްޓްރީ އެއް އުފެއްދުން..އަބަދު ޓްއަރިޒަމް އަށް ބަރޯސާނުވެ..