ޚަބަރު

ކަރެކްޝަނަލް ސާވިސް އިން ދޮގު މައުލޫމާތު ދީފައިވޭ: އެޗްއާރްސީއެމް

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހިއުމަން ރައިޓްސް ކޮމިޝަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

Ads by Sosun Fihaara

އެޗްއާރްސީއެމް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މާލެ ޖަލަށާއި މާފުށި ޖަލަށް އެ ކޮމިޝަނުން ޒިޔާރަތްކޮށް ތަނުގެ އާންމު ހާލަތު ބަލައި ގައިދީންނާއި ބަންދުކޮށްފައި ތިބި މީހުންނާއި ޖަލު އޮފިސަރުންގެ ފަރާތުން މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށެވެ.

އެޗްއާރްސީއެމް އިން ބުނީ ޖަލުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ ގައިދީންނާއި ބަންދު ކޮށްފައި ތިބި މީހުން ކަރެކްޝަނަލް ސާވިސްގައި ތަކުރާރުކޮށް އެދުމުން ވެސް ޒަރޫރީ ބޭނުންތައް ފުއްދައި ނުދޭތީ އާއި އެކަށީގެންވާ އަވަސް މިނެއްގައި ބޭސްފަރުވާގެ ކަންކަން ފޯރުކޮށް ނުދޭތީ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށް ކަރެކްޝަނަލް ސާވިސްގެ އެއްބާރުލުން ލިބެމުން ނުދާ ކަމަށާއި އަދި އެ ކޮމިޝަނަށް އެ ސާވިސްގެ ފަރާތުން އެކަމާ ގުޅިގެން ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ.

މާފުށީ ޖަލުގައި ހިނގި ކަންތައްތައް ތަހުގީގު ކުރުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޓީމެއް ވެސް ވަނީ އެ ޖަލަށް ޒިޔާރަތްކޮށްފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!