އައިޖީއެމްއެޗް އަށް ވިހަން ދިޔަ މާބަނޑު އަންހެނަކު ކޮވިޑް19 އަށް ފައްސިވެއްޖެ
އައިޖީއެމްއެޗް އަށް ވިހަން ދިޔަ މާބަނޑު އަންހެނަކު ކޮވިޑް19 އަށް ފައްސިވެއްޖެއެވެ. "މިހާރު" ނޫހުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
އެ ނޫހުން މާބަނޑު މީހާ ގެ އާއިލާ އާއި ހަވާލާދީ ބުނެފައިވާ ގޮތުގައި އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮއްވައި މި އަންހެން މީހާ ކޮވިޑް-19 އަށް ޓެސްޓުކުރީ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން ކަމަށެވެ.
މިކަން ރަސްމީ އެއްވެސް އަދި އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ނަމަވެސް މީގެ ކުރިން އައިޖީއެމްއެޗް ގައި އެޑްމިޓް ކުރާ ހުރިހާ ފަރާތްތަކެއް ކޮވިޑް19 އަށް ޓެސްޓުކުރާނެ ކަމަށް އެޗްޕިއޭ އިން ވަނީ ބުނެފައެވެ.
މި މީހާ ހިމެނެނީ މިއަދު ކޮވިޑް19 އަށް ފައްސިވެގެން އިއުލާނުކުރި 45 މީހުންގެ ތެރޭގައި ކަމަށް ބެލެވެއެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި މާބަނޑު މީހަކު ވަނީ ވައިރަހަށް ފައްސިވެފައެވެ. މިހާތަނަށް ރާއްޖެ އިން 618 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު 20 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އަދި ދެ މީހަކު ވަނީ މަރުވެފަ އެވެ.