ޚަބަރު

40،000 ބިދޭސީ މަސައްކަތްތެރިންނަށް، ގުޅީފަޅުގައި 30 ހެކްޓަރު ބިމެއް ހިއްކަނީ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންނަށްޓަކައި، ގުޅީފަޅުގައި 30 ހެކްޓަރުގެ ބިމެއް ހިއްކުމަށް ނިންމައިފިއެވެ،

Ads by STELCO

ބިދޭސީ މަސައްކަތްތެރިންގެނާއި ރަސްމީ ލިޔުމެއްނެތް ބިދޭސީ މަސައްކަތްތެރިންގެ ޖުމުލަ ޢަދަދު ދެނެގަތުމަށް ސަރުކާރުންގެ ކަމާގުޅޭ އިދާރާތަކުން ކުރަމުންދާ ކަންކަން އޮޅުން ފިލުވައި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި ކަންކަން ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމާތާއި ޚާރިޖީ ގުޅުންތަކުގެ ކޮމެޓީއިން ވަނީ މުއައްސަސާތަކުން މައުލޫމާތު ހޯއްދަވައި ރިޕޯޓެއް ނެރެފައެވެ.

މި ރިޕޯޓަށް އެއް ކުރި މައުލޫމާތުގައި އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ގުޅީފަޅުގައި 30 ހެކްޓަރުގެ ބިމެއް ހިއްކާ އެތާނގައި "ވަރކަރސް ވިލެޖް" ނަމުގައި ވިލެޖެއް ގާއިމުކޮށް، 40،000 އެއްހާ ބިދޭސީ މަސައްކަތްތެރިންނަށް އެފަރާތްތަކުގެ ވެރިފަރާތްތަކުގެ ޚަރަދުގައި ކެއުންބުއިން ލިބޭނެ ފަދަ ގޮތަކަށް އެކޮމަޑޭޝަން އެއް ހަމަޖެހިގެންދާނެކަން ހާމަކޮށްފައެވެ.

މި ޕްރޮޖެކްޓަކީ މާލޭގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން މާލެ ސިޓީގައި ތޮއްނުޖެހި ދިރިއުޅޭވޭނެ ގޮތް ހަމަޖެހުމަށްޓަކައި ސަރުކާރުން ހިންގާ މަޝްރޫއެކެވެ.

މާލާގައި ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދާއިރު ވައިރަހުގެ ނުރައްކާ އެންމެ ބޮޑީ ވެސް ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންނަށެވެ. އަދި މިހާތަނަށް އެންމެ ގިނައިން ރާއްޖެއިން ވައިރަހަށް ފައްސިވެފައިވަނީ ވެސް ބިދޭސީ މަސައްކަތްތެރިންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!