ބަހެއް ހުއްޓުވުމަށްފަހު ދޮންކެޔޮތަކެއް މިފަހަރު ވަގަށް ނެގީ އެތެއް
ސްރީލަންކާގެ ކަތަރަންގަމާގެ މަގެއްގައި ދުއްވާފައި ދިޔަ ބަހަކަށް ހުރަސް އެޅުމަށް ފަހު އެ ބަހުގައި ހުރި ދޮންކެޔޮތައް އެތެއް ވަގަށް ނަގައިފިއެވެ. ރޯމާ ދުވާލު ހިނގާދިޔަ މި ކަންތައް އެ ބަހުގެ ތެރޭގައި އިން ފަސިންޖަރަކު ވަނީ ވީޑިއޯކޮށް މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ.
މި ވީޑިއޯގައި ފެންނަނީ އެ ބަސް ދަތުރު ކުރަމުންދިޔަ މަގުގައި ބޮޑު އެތެއް މަޑުކޮށްގެން އޮންނަ ތަނެވެ. އެ އެތް މަޑުކޮށްގެން އޮތް ގޮތުން އެ ބަހަށް ދެވޭ ގޮތެއް ނުވިއެވެ. ސަބަބަކީ އެ އެތް އޮތީ އެ މަގުގައި ހުރަހަށް ކަމަށް ވާތީއެވެ.
ދެވޭނެ ޖާގަ ނެތުމުން ބަަސް މަޑުކުރުމާއެކު އެތުގެ "ޓްރަންކް" ކާރުގެ ދުއްވާ މީހާ އިންނަ ދޮރުން ކާރުު ތެރެއަށް ވައްދާލައެވެ. އަދި ކާއެއްޗެއް އަތު ޖެހޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެ ވަގުތު އެ ބަހުގެ ތެރޭގައި ދޮންކެޔޮ ތަކެއް ހުއްޓެވެ. އެ އެތް މަސައްކަތް ކުރަމުން ދިޔައީ އެ ދޮންކެޔޮތައް ނެގުމަށެވެ. ވަރަށް ހާލުން އެ ދޮންކެޔޮތައް އެ އެތް ނެގިތަން ވީޑިއޯ އިން ފެނެއެވެ. އަދި އެކަމާ އެ ބަހުގައިި ތިބި މީހުން ހޭ މަންޒަރު ދައްކުވައިދެއެވެ. ދޮންކެޔޮތައް ލިބުމާއެކު އެ ބަސް ދޫކޮށްލާފައި އެ އެތް ދާ މަންޒަރު ފެނެެއެވެ.
މި ވީޑިއޯ އަކީ 2018 ވަނަ އަހަރުގެ ވީޑިއޯ އެއް ކަމަށް ވެއެވެ. އެހެން ނަމަވެސް މި ވީޑިއޯ މީސްމީޑީއާގައި ވައިރަލް ވެފައިވަނީ ދާދި އިހަކަށް ދުވަހުއެވެ. އެއީ އިންޑިއާގެ ރައްޔިތަކު މި ވީޑިއޯ ޓްވީޓާގައި ހިއްސާކުރި ފަހުންނެވެ.