ދުނިޔެ

ރަޝިޔާގައި 10 ހާހުން މަތިން ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވި މީ ހަތަރު ވަނަ ދުވަސް

ދެން އެމްވީ ، ދެން އޮންލައިން

ރަޝިޔާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދޮޅުލައްކަ އިން މައްޗަށް ގޮސް، ކޮންމެ ދުވަހަކު މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 10 ހާހަށްވުރެ މަތީގައި ހުންނަތާ މިއަދަށް މިއީ ހަތަރު ވަނަ ދުވަހެވެ. މިއަދު މަރުވި 86 މީހުނާއެކު މި ގައުމުން މަރުވި މީހުންގެ އަދަދުވެސް ވަނީ 1537 އަށް އަރާފައެވެ. ނަމަވެސް ފަހަކަށް އައިސް ރަޝިޔާގައި ކޮވިޑް-19 ޖެހިގެން މަރުވާ އަދަދު އެގައުމުގައި ވަނީ ކުޑަކޮށް ދަށްވެފައެވެ.

Ads by Sosun Fihaara

ކޮވިޑް-19 ގައި މަރުވާ މީހުންގެ އަދަދު އެހެން ގައުމުތަކާ އަޅާބަލާއިރު މަދުވެފައިވާ ސަބަބެއް ކަމަށް ރައީސް ޕުޓިން ހާމަ ކުރީ، ރަޝިޔާގައި މި ބަލި ފެތުރެން ފެށީ އެހެން ބައެއް ގައުމުތަކަށް ވުރެ ފަހުން ކަމަށް ވުމުން، މިކަމަށް ތައްޔާރު ވުމަށް އެކަށީގެންވާ ވަރަށް ވަގުތު ލިބިފައިވުން ކަމަށެވެ. އަދި ފުޅާދައިރާއެއްގައި ޓެސްޓް ކުރެވި ބަލިޖެހޭ މީހުން ވަކި ކުރެވެމުން ދިޔުމުގެ ސަބަބުން ވެސް މި ބަލީގައި މަރުވާ ރޭޓް ދަށްކުރުމަށް އެހީތެރިކަން ލިބުން ކަމަށެވެ.

މަރޗް މަހުގެ ފަހުކޮޅުން ފެށިގެން ލޮކްޑައުން އިޢުލާން ކޮށްފައިވީނަމަވެސް، ކައިރި ފިހާރަތަކަށް ދިއުމާއި، ބޭސް ގަތުމަށާ، ބޭރަށް ކުނި ނެރުމަށް ޚާއްސަ ހުއްދައަކާ އެކު ބޭރަށް ނިކުމެވެއެވެ. އަދި މި ލޮކްޑައުންއަށް އިތުރަށް ލުއި ދިނުމަށް ސަރުކާރުގެ އިސްވެރިންނާ އެކު ބައްދަލުކޮށް މަޝްވަރާ ކުރުމަށް ޕުޓިން ދަނީ ތައްޔާރު ވަމުންނެވެ.

މިބަލި އެންމެ ބޮޑަށް ފެތުރިފައިވާ ވެރިރަށް މޮސްކޯ އިން މިހާތަނަށް 85،973 މީހަކަށް މި ބަލި ޖެހި 866 މީހަކު ވަނީ މަރުވެފައެވެ. މޮސްކޯގެ މޭޔަރު ހާމަ ކުރި ގޮތުގައި، 12.7 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ މޮސްކޯގެ 2 އިންސައްތަ މީހުންނަށް މިހާރު ވަނީ މި ބަލި ޖެހިފައެވެ. އެހެންކަމުން މިއީ ވަރަށް ބިރުގަންނަން ޖެހޭ ކަމެއް ކަމަށް މޭޔަރ ހާމަ ކުރިއެވެ. ރަޝިޔާގެ ޓީވީ އަކަށް ދިން އިންޓަރވިއު އެއްގައި މޭޔަރު ވަނީ، ހާލަތު އިތުރަށް ގޯސްވާ ނަމަ މޮސްކޯއަށް ވަދެއުޅުމުގެ ހުއްދަދީފައިވާ ފަރާތްތަކުގެ ހުއްދަ ވެސް ބާތިލު ކުރަން ޖެހިދާނެކަމަށް ހާމަ ކޮށްފައެވެ.

ރަޝިޔާގެ ބޮޑުވަޒީރަށްވެސް ކޮވިޑް-19 ޖެހިގެން މިހާރު ހުރީ ރަސްމީ މަސައްކަތްތަކާ ދުރުގައެވެ. އަދި އެހެން ބައެއް ގައުމުތަކާ އެއްގޮތަށް ރަޝިޔާގެ ސިއްޙީ މަސައްކަތްތެރިންވެސް އަންނަނީ މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ނެތްކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ. އަދި މިގޮތަށް ޝަކުވާ ކުރި 3 ޑޮކްޓަރަކު ހޮސްޕިޓަލްގެ ކުޑަދޮރުން ވެއްޓުމުން ހަމަ ހަގީގަތުގައިވެސް ސިއްހީ ފަރުވާ ދޭ ތަންތަނުގެ ރައްކާތެރިކަން ހުރި މިންވަރާއި މެދު ސުވާލު އުފެދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!