ޚަބަރު

ޖާބިރުގެ ގެސްޓް ހައުސްއެއް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ދޫކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އއ.މަތިވެރީގައި ހުންނަ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ކާޒާމިޔާ ގެސްޓް ހައުސް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ދޫކޮށްފިއެވެ.

Ads by STELCO

މަތިވެރި ކައުންސިލުން ޖާބިރަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާތީ އެކިއެކި ބޭނުންތަކުގައި މާލެ ގޮސް އެނބުރި ރަށަށް ނާދެވިފައި 30 މީހުން ލިސްޓު ކުރެވިފައިވާ ކަމަށެވެ.

ޑީއާރްޕީން މިރޭ ކުރި ޓްވީޓެއްގައި ބުނީ މަތިވެރި ގައި ހުންނަ މި ގެސްޓް ހައުސް ކަރަންޓީނު ފެސިލިޓީއަކަށް ދޫކުރީ އެ ރަށު ކައުންސިލުގެ އެދުމުގެ މަތިން ކަމަށެވެ. އަދި މަތިވެރީގެ ރައްޔިތުންނަށް ޖެހޭ ކޮންމެ ދަތިކަމެއްގައި އެހީވާން ތައްޔާރު ކަމަށްވެސް ޖާބިރުއާ ހަވާލާދީ ޑީއާރްޕީން ބުނެފައިވެއެވެ.

މާލެ އިން ރަށްރަށަށް ދާ މީހުން 14 ދުވަހަށް ކަރަންޓީނު ކުރަންޖެހޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!