ޚަބަރު

ކިންގް ސަލްމާން މިސްކިތަކީ ސީދާ ރައީސް ޔާމީންގެ ތަސައްވުރެއް: ޑރ. ޝަހީމް

ދެން އެމްވީ ، ދެން އޮންލައިން

ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ދެއްވި 24 މިލިއަން ޑޮލަރުގެ އެހީގެ ދަށުން މާލޭގައި އިމާރާތް ކުރާ މިސްކިތަކީ ސީދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަމިއްލަފުޅު ތަސައްވުރެއްގެ މައްޗަށް ކުރަހާފައިވާ މިސްކިތެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅުވީ އިސްލާމީ ހަޟާރާތު ދިރުވައި، އިސްމާލީ އުމްރާނީ ކުރިއެރުން ރަމްޒުކޮށްދޭ، ގުރުއާނާއި އިލްމަށް ޚިދުމަތްކުރާ މަރުކަޒަކަށް އެ މިސްކިތް ހެދުން ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ކިންގް ސަލްމާން މިސްކިތުގެ މަޝްރޫއަކީ ސެކިއުލާ ވިސްނުމާއި ހަރުކަށި ފިކުރުގެ މައްސަލަ ހައްލު ކުރަން ޖެހޭކަން ގަބޫލު ކުރައްވައި ފެއްޓެވި މަސައްކަތެއް ކަމަށެވެ.

މެލޭޝިއާ މީހަކާ ހަވާލުކޮށްގެން ކުރެހި އެ މިސްކިތުގެ ކުރެހުމުގެ ކަންތައް ބެލުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތީ ވެސް ޑރ. ޝަހީމެވެ.

ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީނަކީ ކަންކަން ވަރަށް ސްޓަޑީ ކުރައްވާ ބޭފުޅެއް ކަމަށާއި އެ މަނިކުފާނުގެ އަމިއްލަ ތަސައްވަރާއި ވިސްނުންފުޅު، މިސްކިތް ކުރެހި މީހާ އަށް ވެސް ހުށަހެޅުއްވި ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!