ދުނިޔެ

އަރޗީގެ ފުރަތަމަ އުފަންދުވަހު މޭގަން އޭނައަށް ކިޔާދިނީ އަސްދޫނި އުޅޭ ވާހަކައެއް

ދެން އެމްވީ ، ދެން އޮންލައިން

ޝާހީ އާއިލާއާ ދުރަށް ގޮސް އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ހެރީ އަދި މޭގަންގެ އަލަތު ދަރިފުޅު އަރޗީއަށް އެއް އަހަރު ފުރުމާ ދިމާކޮށް މޭގަން ޝެއަރ ކުރި ވީޑިއޯގައި ފެންނަނީ، އަސްދޫނި އަދި މުސަޅު ވާހަކަ ފޮތެއް ކިޔާދެނިކޮށެވެ.

Ads by Sosun Fihaara

ބައްޕަ ހެރީ ކޮށްފައިވާ މި ވީޑިއޯގައި އަރޗީ ފެންނަނީ ވަރަށް ހެވިފާ މަންމަ މޭގަންގެ އުނގުގައި އިންނަ ތަނެވެ. އަދި ފަހަތުން އަސްދޫނި ގޮވާހެން ހެރީ ގޮވާ އަޑު އިވެއެވެ. ބެލެވޭ ގޮތުގައި މި ވީޑިއޯ ނަގާފައިވަނީ، ހެރީ އަދި މޭގަން މިހާރު ދިރިއުޅެމުންދާ ކެލިފޯނިޔާގައެވެ.

މި ފޮތަކީ އަރޗީއަށް ކިޔާދޭން މޭގަން ގެންގުޅޭ ފޮތްތަކުގެ ތެރެއިން އަރޗީއަށް އެންމެ ކަމުދާ ފޮތެވެ. ފޮތުގެ ގަނޑުތައް އެއްލުމަށްވެސް އަރޗީ މަސައްކަތް ކުރާތަން މި ވީޑިއޯ އިން ފެނެއެވެ. މޭގަން ފެންނަނީ ޝާހީ އާއިލާ އާ ދުރަށް ދިއުމަށްފަހު ވަރަށް އާދައިގެ ހެދުމެއްގައި އިން ތަނެވެ.

ދުވަސްކޮޅެއް ވުމަށްފަހު އާންމުންނާއި ހަމައަށް އަރޗީ ފެނުން އިރު އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ބޮލުގެ އިސްތަށިކޮޅު ބޯ ވެފައި ހުރުމުގެ އުތުރުން ކުރިއަށް ވުރެ ގިނަ ދަތް ފަޅާފައިވާކަމެވެ.

އިންސްޓަގްރާމްގެ ފަރާތުން ކޮރޯނޯވައިރަހާ ދެކޮޅަށް ކުރާ މަސައްކަތަށް ފަންޑު ހޯދުމަށް މަސައްކަތް ކުރާ، "ސޭވް ދަ ޗިލްރަން" ނަމަކަށް ކިޔާ ޕޭޖަކުން ވެސް މި ވީޑިއޯ ވަނީ ޝެއަރ ކޮށްފައެވެ. މި ޕޭޖްގައި މޭގަންގެ އިތުރުން ޖެނިފަރ ގަރނަރ އަދި އެމީ އެޑަމްސް ވާހަކަ ކިޔާދޭ ވީޑިއޯވެސް ހިއްސާ ކޮށްފައިވެއެވެ.

އިނގިރޭސީ ޝާހީ އާއިލާގެ ތަޚުތާއި، 7 ވަނައަށް އެންމެ ގާތުގައިވާ އަރޗީގެ އުފަން ދުވަސް ފާހަގަ ކުރާނީ ވީޑިއޯ ކޯލް މެދުވެރިކޮށް ބޮޑުބޭބެ ވިލިއަމް އަދި ވިލިއަމްގެ އަންހެނުން ކޭޓް ވެސް ބައިވެރިކޮށްގެނެވެ.

އަރޗީގެ އުފަން ދުވަހުގެ ހެޔޮއެދުން ފޮނުވުމަށް، ޝާހީ އާއިލާގެ ބައެއް މެންބަރުން އާރޗީ އާއިއެކު ނަގާފައިވާ ފޮޓޯތަކާއި އެކު އެކި މެސެޖްތައް ސޯޝަލް މީޑިޔާގައި އަންނަނީ ހިއްސާ ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!