ދުނިޔެ

95 އިންސައްތަ ކާމިޔާބު ވެކްސިންއަކާއެކު، އަނެއްކާވެސް އާ އުންމީދެއް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެމެރިކާގެ ބައޯ ކުންފުނި މޮޑާނާއިން ކޮވިޑް-19 އަށް ތައްޔާރު ކުރި ވެކްސިން 94 އިންސައްތަ ކާމިޔާބު ކަމަށް ދައްކައިފިއެވެ.

Ads by Sosun Fihaara

މޮޑާނާގެ ވެކްސިން ކާމިޔާބު ކަމަށް ހާމަ ކުރިއިރު އެމެރިކާގެ ފައިޒާ ކުންފުނިން ކޮވިޑް-19 އަށް އުފެއްދި ވެކްސިންގެ 90 ޕަސެންޓް ކާމިޔާބު ކަމަށް ވަނީ ބުނެފައެވެ.

މޮޑާނާގެ ވެކްސިންގެ ތަހުލީލްތަކުގައި ވަނީ 30،000 މީހުންނަށް ވެކްސިން ދީފައެވެ. އޭގެ ތެރޭން ދެބައިކުޅަ އެއްބައި މީހުންނަށް ވަނީ ހަތަރު ހަފުތާގެ ދުރުމިނުގައި އަސްލު ވެކްސިން ދީފައެވެ. ބާކީ ތިބި މީހުންނަށް ދިނީ ޕްލާސެބޯ އިންޖެކްޝަނެވެ.

މި މީހުން އެއަށް ފަހު އާއްމު ދިިރުއުޅުމަށް ވަނީ އަނބުރާ ގޮސްފައެވެ. އަދި މީގެ ތެރެއިން ކޮވިޑް-19 ޖެހޭ މީހުން ވަނީ ދެނެގަނެވިފައެވެ. މިގޮތުން މިޓްރައިލްގައި ބައިވެރިވި މީހުންގެ ތެރެއިން 95 މީހުންނަށް ކޮވިޑް-19 ޖެހުނުއިރު، މީގެ ތެރެއިން 5 މީހުންނަކީ ކޮވިޑް ވެކްސިން ޖަހާފައިވާ މީހުންނެވެ. ބާކީ ތިބި 90 އިންސައްތަ މީހުންނަކީ ޕްލާސެބޯ ޖަހާފައިވާ މީހުންނެވެ. ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި 65 އަހަރުން މަތީގެ 15 މީހުން ހިމެނެއެވެ.

މޮޑާނާއިން ކޮވިޑް ވެކްސިން ތައްޔާރު ކުރުމަށް އެމެރިކާއިން ވަނީ 1 ބިލިޔަން ޑޮލަރު އިންވެސްޓް ކޮށްދީފައެވެ. އަދި ވެކްސިންގެ 100 މިލިޔަން ޑޯޒް އެމެރިކާއިން ވަނީ ގަނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!