ލައިފްސްޓައިލް

މެސެންޖަރ، ވައިބަރ އަދި ޕަބްޖީ ބޭނުން ކުރުމުގައި ދަތިތަކެއް ރާއްޖެއަށް ކުރިމަތި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ގިނަ ބައެއްގެ މެދުގައި މަޤްބޫލު ކަމެއް ހޯދާފައިވާ އެޕްލިކޭޝަންތައް ކަމަށްވާ މެސެންޖަރ، ވައިބަރ އަދި ޕަބްޖީ ބޭނުން ކުރުމުގައި ދަތިތަކެއް ރާއްޖެއަށް ކުރިމަތި ވެއްޖެއެވެ.

Ads by STELCO

މި މައްސަލަ ދިމާވާކަން މިހާތަނަށް ފާހަގަ ކުރެވިފައިވަނީ އެޕަލްގެ ފޯނުތައް ގެންގުޅޭ ފަރާތްތަކަށެވެ. ނަމަވެސް މިހާތަނަށް ރަސްމީ އެއްވެސް ފަރާތަކުން މިފަދަ މައްސަލައެއް އުޅޭކަމަށް ހާމަކޮށްފައިއެއްނުވެއެވެ.

އެޕަލް ފޯން ގެންގުޅޭ ފަރާތްތަކުން ބުނެފައިވަނީ މިރޭ މެސެންޖަރ، ވައިބަރ، އަދި ޕަބްޖީގެ އެޕްލިކޭޝަންތައް ހުޅުވުމުން އަމިއްލައަށް ނިވޭ ކަމަށާއި އެއެޕްތައް ކްރޭޝް ވާ ކަމަށެވެ.

މިހާތަނަށް މިގޮތަށް މިކަންވާ ކަމަށް ބޭރުގެ އެއްވެސް މީޑިޔާއަކުން ރިޕޯޓެއް ނުކުރެއެވެ. މިއާއެކު މި އެޕްލިކޭޝަންތައް ޑައުންވެފައިވާކަން ނުވަތަ ނޫންކަންވަނީ ކަށަަވަރުވާގޮތް ނުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!