ޚަބަރު

ވެރިކަމުގެ ފުރަތަމަ އަހަރު 8982 ވަޒީފާ އުފައްދާފައިވޭ: ސަރުކާރު

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރާއްޖޭގެ ވެރިކަމާއި ހަވާލުވިތާ ފުރަތަމަ އަހަރު 8982 ވަޒީފާ އުފައްދާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by MWSC

ވެރިކަމުގެ ފުރަތަމަ އަހަރަށް އަމާޒުކޮށް ރައީސް އޮފީހުން ނެރެފައިވާ "މިނިވަންކަމާއި އެކު 1 އަހަރު"ގައި ބުނެފައިވަނީ 17 ނޮވެމްބަރު 2018 އިން ފެށިގެން 17 ނޮވެމްބަރު 2019 އާއި ހަމައަށް މި ސަރުކާރުން 8982 ވަޒީފާ އުފައްދާފައިވާ ކަމަށެވެ. މި ވަޒީފާ ތަކަކީ ސަރުކާރުގެ "ނޫ އިގްތިސާދު"ގެ ތެރެއިން އުފައްދާފައިވާ ވަޒީފާތައް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މީގެ އިތުރުން ފާއިތުވި އެއް އަހަރުގައި 4120 ވިޔަފާރި ރާއްޖޭގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އިރު މީގެ ތެރެއިން ގިނަ ފުރުސަތު ހުޅުވިގެން ގޮސްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

ގެސްޓު ހައުސް ވިޔަފާރީގެ ތެރެއިން ފާއިތުވި އަހަރު 1336 އެނދު އިތުރު ކުރެވިފައިވާ އިރު މީގެ ތެރެއިން 518 ވަޒީފާ ވަނީ އުފެދިގެން ގޮސްފައެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް ހުރިހާ ފަންތިއެއްގެ ހުރިހާ ހުރިހާ ފެންވަރެއްގެ ވިޔަފާރިތައް ޝާމިލް ކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދިން ކަމެކެވެ. އެގޮތުން ބިޑު ތަކުގެ ތެރެއިން 2.5 މިލިއަން ރުފިޔާއަށް ވުރެ ދަށުގެ އަދަދުތަކުގެ ބިޑްތަކަށް ކުދި ވިޔަފާރިތަކަށް ކުރިމަތި ލެވޭ ގޮތް ސަރުކާރުން ވަނީ ފަހިކޮށްދީފައެެވެ.

އެހެންވެ ފާއިތުވި އަހަރަކީ ކުދި ވިޔަފާރިތަކަށް ކުރިއެރުން ލިބުނު އަހަރެއް ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!