ޚަބަރު

ބީއެމްއެލް ކާޑު މެދުވެރިކޮށް ޕެޓްރޯލް ޝެޑަށް ފައިސާ ދެއްކޭ ގޮތް ހަދައިފި

ދެން އެމްވީ ، ދެން އޮންލައިން

ފިއުލް ސަޕްލައި މޯލްޑިވްސް(އެފްއެސްއެމް)ގެ ޕެޓްރޯލް ޝެޑުތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން ފައިސާ ދެއްކޭ ގޮތް ހަމަޖައްސައިފިއެވެ.

Ads by STELCO

ކޯވިޑް-19 ވައިރަސްއާ ގުޅިގެން ނަގުދު ފައިސާގެ މުއާމަލާތްތައް ކުރާ މިންވަރު މަދުކުރުމަށްޓަކައި ގެނެސްފައިވާ ބަދަލާއެކު މާލެ އަދި ހުޅުމާލޭގައި ހުންނަ ބީއެމްއެލްގެ ޕެޓްރޯލް ޝެޑުތަކުން ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް މިހާރު ބީއެމްއެލް ކާޑުން ފައިސާ ދެއްކޭނެ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމުން ބުނެއެެވެ.

އެފްއެސްއެމްއިން ބުނީ ވެހިކަލްތަކަށް ޕެޓްރޯލް އަޅަން އަންނަ ފަރާތްތަކަށް ކާޑުންވެސް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރާތާ ދުވަސްކޮޅެއް ވެދާނެކަމަށެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން މިބަދަލު އަވަހަށް ގެންނަން ޖެހުމުން މިވަގުތު މި ޚިދުމަތް ލިބެމުންދާނީ ހަމައެކަނި ބީއެމްއެލްގެ ކާޑުތަކަށްކަމަށް އެފްއެސްއެމްއިން ބުނެއެވެ.

އަދި ކުރިއަށް އޮތްތާނގައި އެހެން ބޭންކުތަކުގެ ކާޑުތަކުންވެސް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާނެކަމަށްވެސް އެފްއެސްއެމްއިން ބުނެއެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ބެންކުތަކާއެކު މިހާރުވެސް ކުރިއަށްދާކަން އެފްއެސްއެމްއިން ފާހަގަކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!