ޚަބަރު

ތަހުގީގީ ދާއިރާގެ އިތުރު ތަމްރީނު ހޯދުމަށް ފުލުހުންގެ ޓީމެއް އިންޑިއާއަށް

ތަހުގީގީ ދާއިރާގެ އިތުރު ތަމްރީނުތައް ހޯދުމަށް ފުލުހުންގެ އިންވެސްޓިގޭޓިވް އޮފިސަރުންގެ ޓީމެއް އަވަށްޓެރި އިންޑިއާއަށް ފުރައިފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޓީމަކީ އެފަދަ ދަތުރެއްގައި އިންޑިއާއަށް ދާ ދެވަނަ ޓީމު ކަމަށެވެ. އަދި އެ ޓީމު އިންޑިއާއަށް ގޮސްފައިވަނީ "ކްރައިމް ސީން މެނޭޖުމަންޓު" ޕްރޮގްރާމެއްގައި ބައިވެރިވުމަށް ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

އިންޑިއާއަށް ގޮސްފައިވާ ފުލުހުންގެ އޮފިސަރުންނަކީ ފޮރެންސިކް މަސައްކަތް ކުރާ އޮފިސަރުންތަކެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާއާ ރާއްޖެއާ ދެމެދު ގާތް ގުޅުމެއް އުފެދިފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިންޑިއާއިން އަންނަނީ ރާއްޖޭގެ ފުލުހުންނާއި ސިފައިންގެ މުއައްސަސާއަށް ބޮޑެތި އެހީތަކެއް ވަމުންނެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!