ޚަބަރު

މަޢާފަށް އެދި ޒިޕްސް ވެސް މިޔުޒިކާއި ދުރަށް ، "ﷲގެ ހިދާޔަތަކީ އެންމެ ބޮޑު ނިއުމަތް"

ދެން އެމްވީ ، ދެން އޮންލައިން

މީގެ ހަތް މަސްކުރިން މިޔުޒިކާއި ދުރަށް ދިޔަ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ސުޢާދު ޢަބުދުއްރަޙީމް (ޒިޕްސް) މިޔުޒިކާއި ދުރަށް ދިޔަކަން ހާމަކޮށްފިއެވެ.

Ads by MWSC

އޭނާގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް އާންމުންނަށް ދިން މެސެޖުގައި ސުޢާދު ބުނީ ﷲގެ ހިދާޔަތަކީ ދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު ނިޢުމަތް ކަމަށާއި އެ ނަސީބު އެންމެ ހެޔޮގޮތުގައި ހިފުމަށް ގަދައަޅާ މަސައްކަތް ކުރުމުގެ ތައުފީގު މިންވަރު ކުރެއްވުން އެދި ދުޢާ ކުރާ ކަމަށެވެ.

ސުޢާދު ވަނީ އެއްވެސް މީހަކާއި މެދު ނާއިންސާފުން ކަމެއް ކުރެވި ނުވަތަ ބަހެއް ބުނެވިފައިވާނަމަ އެމީހެއްގެ ކިބައިން މަޢާފަށް އެދިފައެވެ. ހަމައެހެންމެ ސުޢާދުގެ މިޔުޒިކީ ޙަޔާތުގެ ޚަބަރުތަކާއި މަޢުލޫމާތު ގެނެސްދިނުމަށް އޭނާ ބޭނުން ކުރަމުން ދިޔަ ފޭސްބުކް ޕޭޖްގެ ކުރީގެ ޕޯސްޓްތައް ޑިލީޓްކޮށް، އޭނާ ވަނީ އެ ޕޭޖް މެދުވެރިކޮށް ދީނީ މަޢުލޫމާތު ހިއްސާ ކުރަން ފަށާފައެވެ.

ރެޕްގެ އެންމެ މަޝްހޫރު ދެ ބޭންޑްކަމަށްވާ ސިމްބޮލިކް ރެކޯޑްސްއާއި ބީޓްލޮޖީގައި ވެސް މަސައްކަތް ކުރި ސުޢާދުގެ ޙަޔާތް ބަދަލުވެގެން ދިޔަ ގޮތް ''ދެން'' އިން ވާނީ ގެނެސްދީފައެވެ. ''ދެން''އިން އެދެނީ ސުޢާދަށް ފާގަތި މުސްތަޤުބަލެކެވެ. އުފާވެރި ދިރިއުޅުމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!