ޚަބަރު

ޤައުމީ ކުތުބުޚާނާ އަލުން ހުޅުވަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ޚިދުމަތު ދިނުން މެދުކަނޑާލި ޤައުމީ ކުތުބުޚާނާ (ނޭޝަނަލް ލައިބްރަރީ) އަލުން ހުޅުވަން ނިންމައިފިއެވެ.

ޤައުމީ ކުތުބުޚާނާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައު ޢާންމު ޙާލަތުގައި 22 ނޮވެމްބަރ 2020 ވަނަ ދުވަހުން ފެށިގެން ޤައުމީ ކުތުބުޚާނާ އާންމުންނަށް ހުޅުވާގޮތަށް ވަނީ ހަަމަޖެހިފައި ކަމަށެވެ.

މިގޮތުން، ކުތުބުޚާނާ ހުޅުވިފައި ހުންނާނެ ދުވަސްތަކަކީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި މިތިން ދުވަހު 12:00 އިން 15:00އަށް ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

ޤައުމީ ކުތުބުޚާނާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް ވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ އައު އާއްމު ޙާލަތުގައި ޤައުމައިގެން ޚިދުމަތް ދިނުމަށްޓަކައި 22 ނޮވެމްބަރުވާ އާދީއްތަ ދުވަހުން ފެށިގެން ޤައުމީ ކުތުބުޚާނާއިން ޚިދުމަތް ދެމުން ގެންދާނެ ކަމަށެވެ.

ކޮވިޑް-19 ފެތުރެމުން ދިޔުމާއި ގުޅިގެން ގައިދުރުކަން ދެމެހެއްޓުމަށާއި، ބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަ މީހުން އެއްވެ އުޅޭނެ ތަންތަން ވަނީ މިއަހަރުގެ މެއި މަހުން ފެށިގެން ބަންދު ކޮށްފައެވެ.

ނަމަވެސް މިހާރު މިބަލި ފެތުރޭ މިންވަރު ވެސް މަދުވުމުން، އަލުން ކުތުބުޚާނާގެ ޚިދުމަތް ދޭން ފެށުމަށް މިވަނީ ނިންމާފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!