ލައިފްސްޓައިލް

93 އިންސައްތަ މީހުން ލޮކްޑައުން ނިމުމުންވެސް އޮފީހަށް ނިކުންނަން ޖެހިލުންވޭ

ދެން އެމްވީ

ލޮކްޑައުންއަށް ފަހުގައި ވެސް އެނބުރި މަސައްކަތަށް ދިއުމަށް 93 އިންސައްތަ މީހުން ޖެހިލުންވާ ކަމަށް އިންޑިއާގައި ދާދި ފަހުން ކުރި ދިރާސާއަކުން ހާމަވެއްޖެއެވެ. މި ދިރާސާއަކީ ކޮވިޑް19 ގެ ސަބަބުން އޮފީސް މާހައުލަށް މީހުން އެނބުރި ދިއުމަށް ތައްޔާރުތޯ ބެލުމަށް އިންޑިއާގައި ކުރިއަށް ގެންދިޔަ ދިރާސާއެކެވެ.

93 އިންސައްތަ މީހުން އޮފީހަށް ދިއުމަށް ޖެހިލުންވާއިރު ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 85 އިންސައްތަ މީހުން އޮފީހަށް ދިއުމުގެ ކުރިން އޮފީސް ރަނގަޅަށް ސެނިޓައިޒް ކުރަން ބޭނުންވެއެވެ.

އަދި ދިރާސާގެ ބައިވެރިންގެ ތެރެއިން 59 އިންސައްތަ މީހުން އެމީހުންގެ ސިއްހަތާއި މެދު ކަންބޮޑުވާކަމަށް ވެސް އެ ދިރާސާ ގެ ރިޕޯޓުގައި ވެއެވެ. މީގެ އިތުރުންވެސް ދިރާސާގެ 25 އިންސައްތަ މީހުން މިހާރު އެމީހުންގެ މާލީ ހާލަތާއި މެދު ކަންބޮޑުވެއެވެ.

މި ދިރާސާއަކީ އިންޑިއާގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ 600 އަށް ވުރެ ގިނަ މީހުން ހިމަނައިގެން ކުރި ދިރާސާއެކެވެ. ދިރާސާގެ ބައިވެރިންގެ ތެރެއިން 85 އިންސައްތައަކީ ފިރިހެނުންނެވެ. އަދި ބާކީ 15 އިންސައްތަ އަކީ އަންހެނުންނެވެ.

ބައެއް މާހިރުން ބުނާ ގޮތުގައި ވައިރަހަށް ފަރުވާއެއް ހޮދު ވައިރަހުގެ ނުރައްކާ އެއްކޮށް ފިލައިނުދާހާ ހިނދެއްގައި، އެނބުރި އާންމު ދިރިއުޅުމަށް ރުޖޫއަ ވުމަށް ގިނަ ބަޔަކު ޖެހިލުންވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!