ޚަބަރު

ރާއްޖެއިން 77،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހިދާނެ ކަމަށް ލަފާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން 77،000 ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިދާނެ ކަމަށް ލަފާކުރެވޭ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

Ads by MWSC

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޝީނާ ވިދާޅުވީ ލޮކްޑައުންއާ ގުޅިގެން ކުރިން ލަފާކުރި އަދަދުތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެ އަދަދު އަދިވެސް ބޭނުންވާ މިންވަރަށް ދަށް ނުކުރެވޭ ކަމަށާ މި ހާލަތުގައިވެސް 77،000 މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"77،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހޭނެ ކަމަށް އަޅުގަނޑުމެންނަށް ލަފާ ކުރެވެނީ. މިއީ ޕީކްގެ ތެރޭގައި އަޅުގަނޑުމެން ޕްރޮޖެކްޓް ކުރާ ގޮތް. 14 ދުވަހުގެ ޕީކް އަންނާނީ މެއި 15 އިން 30 މެއިގެ ނިޔަލަށް. މި މުއްދަތުގައި މިބަލަނީ 6804 މީހުންނަށް ބަލި ޖެހޭނެ ކަމަށް." ޑރ. ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީޕީކްގެ ތެރޭގައި 281 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރާނެ ކަމަށާއި މުޅި ޖުމްލަ މި ބަލީގައި ޖުމްލަ 13،568 މީހުން އެޑްމިޓް ކުރާނެ ކަމަށެވެ.

އަދި ޕީކްގައި 101 މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހިދާނެ ކަމަށާއި މި ބަލީގައި ޖުމްލަ 5805 މީހުން އެޑްމިޓް ކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ޑރ. ޝީނާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!