ޚަބަރު

ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާ ވެއްޖެ، މަރްހޫމްއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށި!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާ ވެއްޖެއެވެ.

Ads by MWSC

ނިޔާވެފައިވަނީ ކޮވިޑް19 ޖެހިގެން އައިސީޔޫ ގައި ފަރުވާ ދެމުން ގެންދިޔަ 80 އަހަރުގެ މީހެކެވެ.

އެޗްޕީއޭ އިން ދާދި ދެންމެއަކު ހާމަކޮށްފައިވާ ގޮތުގައި މި މީހާ ނިޔާވެފައިވަނީ މިރޭ 11:20 ގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެޗްޕީއޭ މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި 80 އަހަރުގެ މީހާ އަކީ މީގެ ކުރިން ސްޓްރޯކެއް ޖެހި އެނދުމަތިކޮށްފައިވާ، އަދި ދިގު މުއްދަތަކަށް ބޭސް ބޭނުން ކުރަން ޖެހޭ ގިނަ ސިއްހީ މައްސަލަތަކެއް ހުރި މީހެއް ކަމަށެވެ. އެގޮތުން، ހަކުރު ބަލި، ލޭ މައްޗަށް ދިއުން، ކޮލެސްޓްރޯލް މަތިވުން ފަދަ ބަލިތައް ހުއްޓެވެ. އަދި ނިއުމޯނިއާގެ ކަންކަންވެސް ދޭތެރެ ދޭތެރެއިން ދިމާވާ ކަމަށް ވެސް މީގެ ކުރިން އެޗްޕީއޭ އިން ހާމަކޮށްފައިވެއެވެ.

މި މީހާ ދަރުމަވަންތަ ޑީއެޗް11 ގައި ހުންނަ އައިސީޔޫގައި އޭނާއަށް ފަރުވާ ދޭން ފަށާފައިވަނީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!