ޚަބަރު

ހުޅުމާލެ ފްލެޓުތައް މަރާމާތުކުރަން އިންސްޕެކްޝަން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލެއިން އެންމެ ފަހުން ދޫކުރި 704 ފްލެޓުގެ ތެރެއިން މަރާމާތުކުރަން ބޭނުންވާ ފްލެޓްތަކުގެ އިންސްޕެކްޝަން ފަށައިފި އެވެ.

Ads by MWSC

ހައުސިން މިނިސްޓްރީން ބުނީ 704 ފްލެޓުގެ ތެރެއިން މައްސަލަ ހުރި ކަމަށް ރިޕޯޓުކޮށްފައިވާ ފްލެޓުތަކަށް، މާދަމާއާ ހަމައަށް ކުރިއަށްގެންދާ އިންސްޕެކްޝަންގައި ޒިޔާރަތްކުރާނެ ކަމަށެވެ.

ޗައިނާ ސަރުކާރުގެ ލުއި ލޯނެއްގެ ދަށުން ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންއާ (ސީއެމްއީސީ) އާ ހަވާލުކޮށްގެން އެޅި ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށީ 2018 ވަނަ އަހަރު އެވެ. އެ ފްލެޓުތަކުން މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1،000ރ. ނަގަ އެވެ.

ފްލެޓުތަކުން ފެންލީކުވާ މައްސަލަ އާއި އިތުރު މައްސަލަތައް މީގެ ކުރިންވެސް ރިޕޯޓު ކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ. އެގޮތުން މީގެ ކުރިން ކޮށްފައިވާ ރިޕޯޓުތަކާއެކު މިދިޔަ މެއިމަހު އެ މައްސަލަތަކަށް އެޓެންޑުކޮށްފައިވާ ކަމަށާއި މިހާރު ކުރިއަށްދާ އިންސްޕެކްޝަންތަކުގައިވެސް މީގެ ކުރިން އެޓެންޑު ކުރި ފްލެޓުތަކުން އަލުން ޝަކުވާ ހުށަހަޅާފައިވާތީ އެތަންތަންވެސް ބަލަމުންދާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ ހުޅުމާލޭގެ މި 704 ފްލެޓުތަކުގައި އެއްވެސް މައްސަލައެއް ވާނަމަ މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ފޯމަކުން އެކަން ހައުސިން މިނިސްޓްރީ އަށް ހުށަހެޅޭނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!