ޚަބަރު

އީސީގެ ނައިބު ރައީސް އަކުރަމް މަގާމުން އިސްތިއުފާ ދެއްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އަޙުމަދު އަކްރަމް، އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

Ads by STELCO

އަކުރަމް މިއަދު އެމަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އެކޮމިޝަންގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއިން ރޭގައި ވަނީ ފާސްކޮށްފައެވެ.

މިމައްސަލަ ކޮމިޓީން ދިރާސާ ކުރިއިރު، އެބައްދަލުވުމަށް އަކުރަމް އާއި އީސީގެ މެންބަރުންގެ އިތުރުން މިމައްސަލައިގެ ވިކްޓިމުން ވެސް ވަނީ ހާޒިރު ކޮށްފައެވެ.

އަކުރަމް އާއި ގުޅޭގޮތުން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ބޭއްވި މިބައްދަލުވުން ބޭއްވީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. އޭނާ މަގާމުން ވަކި ކުރަން، އެބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ދެ މެންބަރުން ފިޔަވާ ހުރިހާ މެންބަރުން ވެސް ވޯޓު ދެއްވިއެވެ.

އީސީގެ ނައިބު ރައީސް ކަމުގެ މަގާމަށް އަކުރަމް އައްޔަނު ކޮށްފައިވަނީ މިއަހަރުގެ މާރޗު މަހުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!