މާފުށި ކައިރީ އަޅާފައިހުރި ސަފާރީތައް ބޭރުކުރަން ނޯޓިސް ދީފި
މާފުށި ކައިރީ އަޅާފައިހުރި ސަފާރީތައް ބޭރު ކުރަން ކައުންސިލުން ނޯޓިސް ދީފި އެވެ.
މާފުށީ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު މާފުށީ ކައުންސިލްގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ބަނދަރުކޮށްފައިވާ ސަފާރީތައް އިހުތިސޯސް އިން ބޭރަށް ގެންދިޔުމަށް އަންގާ ކަމަށެވެ.
ކައުންސިލް ތަކަށް ބާރު ދީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން، ރަށު ކައުންސިލްގެ އިހުތިސޯސް އަކީ އެ ރަށެއްގެ އުރަ ފަށުން ފެށިގެން 700 މީޓަރެވެ.
މާފުށީ ކައުންސިލުން ބުނީ އެ ކައުންސިލްގެ އިހުތިސޯސްގައި އެއްވެސް ސަފާރީއެއް ބަނދަރުކޮށްފައިވާނަމަ މި މަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ސަފާރީ އެއް އެތަނުން ނަގަން އަންގާ ކަމަށެވެ.
އެ މުއްދަތުގައި ސަފާރީތައް ނުނަގައިފިނަމަ ސަފާރީތައް ކައުންސިލްގެ ފަރާތުން ނަގާނެ ކަމަށާ، އެ ތަކެތި ނައްތާލާނެ ކަމަށެވެ. ނޫނީ ނީލަމުގައި ވިއްކާލާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ ތަކެތި ހުސްކުރުމުގެ ތެރޭގައި ސަފާރީ ތަކަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.