މުނިފޫހިފިލުވުން

ސޮނާކްޝީ މިހާރު ބޭނުންވަނީ ހަމަ ކާން، ކަސްރަތު ކުރާކަށް ބޭނުމެއް ނުވޭ

މުޅި ދުނިޔެ ލޮކްޑައުން ގައި އޮތްއިރު ބޮލީވުޑް ގެ ތަރި ސޮނާކްޝީ ސިންހަ ވެސް ހުރީ ލޮކްޑައުންގައި ގޭގައެވެ. ސޮނާކްޝީ ވަނީ ދާދި ފަހުން އޭނާގެ ލޮކްޑައުން އިހުސާސްތައް ހާމަކޮށްފައެވެ.

ސޮނާކްޝީ ބުނެފައިވާ ގޮތުގައި އޭނާގެ އާއިލާ އާއެކު ގޭގައި ހުންނަ ލިބޭތީ އޭނާ އެކަމާއި ޝުކުރު ވެރިވެއެވެ. އަދި އެހެން މީހުންވެސް އެކަމާއި ޝަކުވާ ނުކޮށް ގޭގައި ތިބުމަށް ސޮނާކްޝީ ވަނީ އެދިފައެވެ. މީގެ އިތުރުން ސޮނާކްޝި ބުނި ގޮތުގައި މީގެ ކުރިން ވެސް އޭނާ އެއްވެސް މަސައްކަތެއް ނުހުންނަ ދުވަސް ދުވަހު އޮންނަނީ ގޭގައެވެ.

އަދި ލަހުން ހޭލުމާއި ނުބެލި ހުންނަ ފިލްމުތައް ބަލާލުމަކީ އޭނާއަށް ލިބޭ ހިތްހަމަ ޖެހުމެއް ގެ ގޮތުގައި ވެސް ސޮނާކްޝީ ވަނި ސިފަކޮށްފައެވެ. އެގޮތުން ދާދި ފަހުން އޭނާ ވަނީ ފިލްމް ޕެރެސައިޓާއި، އަޖޭ ދޭވްގަން ގެ ތަންހާޖީ ވެސް ބަލާފައެވެ.

މީގެ އިތުރުން ސޮނާކްޝީ ވަނީ އޭނާ ކުރިން ކުރަމުން އައި ކަސްރަތު ތައް ވެސް ކުރުން ހުއްޓާލާފައެވެ. ސޮނާކްޝީ ބުނި ގޮތުގައި މިހާރު އޭނާއަށް އެންމެ ހިތްހަމަ ޖެހުމެއް ގެނުވައިދެނީ ކާ އެއްޗެހިންނެވެ. އަދި ކަސްރަތާއި މެދު އެއްވެސް ވަރަކަށް ނުވިސްނާ ކަމަށް ވެސް ސޮނާކްޝީ ބުނެފައިވެއެވެ. އެގޮތުން މިހާރު އޭނާ ކާން ބޭނުންވާ ހުރިހާ އެއްޗެއް ކާ ކަން ވެސް ސޮނާކްޝީ ފާހަގަކުރިއެވެ.

ސޮނާކްޝީ ދެން އެންމެ އަވަހަށް ފެނިގެންދާނީ އިންޑިއާގެ މިނިވަން ދުވަހު ރިލީސް ކުރުމަށް ހަމަޖެހިފައި އޮތް " ބުޖް؛ ދަ ޕްރައިޑް އޮފް އިންޑިއާ " އިންނެވެ. ނަމަވެސް ލޮކްޑައުން އާއެކު މި ފިލްމް ރިލީސް ކުރަން ހަމަޖެހިފައި އޮތް ތާރީހަށް ވެސް ބަދަލު އަންނާނެ ކަމަށް ބެލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!