ލައިފްސްޓައިލް

ގޮހޮރު ފާރާއި ގޭހުގެ މައްސަލަތަކުގެ މުޖައްރިބު ފަރުވާ، ކެބެޖް ޖޫސް

ދެން އެމްވީ ، ދެން އޮންލައިން

ގޮހޮރުގައި ފާރުހެދުން އަދި ބަނޑުގައި ވައި ހެދުމުގެ މައްސަލައަކީ އަޅުގަނޑުމެން ދިވެހިންގެ މެދުގައި ވަރަށް އާންމު ކަމެކެވެ. މިކަމަށް ރަނގަޅު ފަރުވާ އެއް ނުލިބި ގޮހޮރުގެ ކެންސަރަށް ވެސް ބަދަލުވެފައި އެބަހުއްޓެވެ.

އާންމު ގޮތެއްގައި ވައިގެ މައްސަލަތަކަށް ޑޮކްޓަރުން ދޭ ބޭހަކީ ކޮންމެ ދުވަހަކު ތިން އިރު ކެއުމުގެ ކުރިން އަދި ފަހުންވެސް ކާން ޖެހޭ ބޭސް ކަމަށްވުމާއެކު ގަވާއިދުން މިކަން އޮންނަނީ ނުކުރެވިފައެވެ. އަދި ބައެއް މީހުންނަކީ ޑޮކްޓަރުން ދޭ ބޭސް ގަވާއިދުން ކާން ބޭނުންވާ މީހުނެއް ވެސް ނޫނެވެ. އެހެން ކަމުން މިކަމަށް ގޭތެރެއިން ހޯދިދާނެ ފަރުވާއަކީ ބޮޑު ތަސައްލީއެކެވެ.

ކެބެޖަކީ ގޮހޮރު ފާރަށް ބޭނުން ކުރަން އެންމެ ރަނގަޅު ގުދުރަތީ ފަރުވާ އެވެ. އެންޓިބައޮޓިކްސް ތަޢާރަފް ވުމުގެ ކުރިން، އެތައް އަހަރެއް ވަންދެން ބަލިމީހުނަށް ފަރުވާ ކުރުމަށް ޑޮކްޓަރުން ކެބެޖް ބޭނުން ކޮށްފައިވެއެވެ. ބަނޑުގައި އުފެދޭ އެންމެ އާންމު އިންފެކްޝަންކަމަށްވާ އެޗްޕައިލޮރީ އިން ރައްކާތެރިކޮށް، ބަނޑުގައި ފާރު ހެދުން ހުއްޓުވުމަށް އެހީތެރި ވެދެނީ، ކެބެޖްގައި ގިނަ އަދަދަކަށް އެކުލެވިގެންވާ ވިޓަމިން ސީ އަދި އެންޓި އޮކްސިޑެންޓެވެ.

ކެބެޖް ޖޫހުން ބަނޑުގައި އުފެދޭ ވައިގެ މައްސަލަ ރަނގަޅުކޮށް، ގޮހޮރު ފާރު ފަސޭހަ ކުރުމަށް އެހެން އެއްވެސް ބޭހަކަށް ވުރެ އަވަހަށް ނަތީޖާ ދައްކާ ކަމަށް ޚުދު ޑޮކްޓަރުންގެ ދިރާސާތަކުން ވަނީ ދައްކާފައެވެ. އެގޮތުން ގޮހޮރުގައި ފާރުހެދިފައިވާ 13 މީހަކަށް، އެއް ލިޓަރު ކެބެޖް ޖޫސް މުޅި ދުވަހުގެ އެކި ގަޑިތަކަށް ބަހާލައިގެން ދެވުނެވެ. 10-7 ދުވަސް ތެރޭގައި ގޮހޮރު ފާރު ރަނގަޅުވަމުން ދިޔަކަން ވަނީ ފާހަގަ ކުރެވިފައެވެ. އަނެއް ދިރާސާއެއްގައި މިގޮތަށް ގޮހޮރު ފާރު ހުރި 100 މީހުނަށް ކެބެޖް ޖޫސް ދިނެވެ. ހަފްތާއެއްގެ ތެރޭގައި 81 އިންސައްތަ މީހުންނަށް ގޮހޮރު ފާރުގެ އުނދަގުލުން ލުއިކަން ލިބުނެވެ.

އެހެންކަމުން މިއީ އަޖުމަ ބަލާލުން ރަގަޅު ޖޫހެކެވެ. ކެބެޖް ޖޫހަކީ ރަހައާ އެއްވަރަށް ވަސް ވެސް ނުބައި އެއްޗެކެވެ. ނަމަވެސް ހިތި ބޭސް ބޮއިގެން ވެސް ބޮޑެތިބަލިތައް ފަސޭހާ ވާނެކަމަށް ބަލައިގެން މިކަން ތަޖުރިބާ ކޮށްލަން ހިނގާށެވެ.

ބޮޑު ކެބެޖެއް ފަސް ބަޔަށް ބައި ކޮށްލުމަށްފަހު، އެއްބައި ކުދިކޮށް ކޮށައި، އެއްތަށި ފެން އަޅައިގެން މިކްސަރުން ގިރާލާށެވެ. ރީތިކޮށް ފުރާނާލުމަށް ފަހު އެއް ލިޓަރ ހުންނަވަރުގެ ފުޅި އަކަށް އެޅުމަށް ފަހު ބާކީ ބަޔަށް ފެން އަޅާ ފުރާލުމަށް ފަހު، ދުވާލުގެ އެކި ގަޑިތަކުގައި ބޮމުން ގެންދާށެވެ. ކޮންމެހެން ބޯން ބޭނުންވާ ގަޑިތަކަކީ، ހެނދުނު ހުސް ގޮހޮރާ އަދި ކެއުމުގެ ކުރިންނެވެ.ރަމަޟާންމަހު ރޭގަނޑުގެ ގަޑިތަކަށް ބަދަލު ކޮށްލާށެވެ. ﷲގެ ރަޙްމަތުން 10 ދުވަސްތެރޭގައި ތަފާތު ފެންނާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!