Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ތައުލީމާއި ކުޅިވަރު ގުޅުވާލަން ޖެހޭ: ނައިބް ރައީސް

ޒުވާން ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ކުޅިވަރާއި ތަޢުލީމް ގުޅުވާލައިގެން މަސައްކަތްކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ކާމިޔާބީތައް ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީން ބޭއްވި "ރަން އަހަރު" ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދުޅަހެޔޮ ބަޔަކަށް ރައްޔިތުން ހެދުން ކަމަށާއި އެހެންކަމުން ސްކޫލުން ފެށިގެން އެފަދަ ކަންކަން ކުދިންނަށް ބުނެދޭން ޖެހޭ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ މި ސަރުކާރު ފެށިގެން އައީވެސް ހަށިހެއު ދުޅަހެއު ޢީދުގެ ނަމުގައި ފެށިގެން ދިޔަ ޕްރޮގްރާމަކުން ކަމަށާއި، ކުޅިވަރު ކުރިއެރުވުމަށް މި ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާކަމުގައެވެ. އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި މިދިޔަ އަހަރު ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ލިބުނު ކާމިޔާބީތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.

Advertisement
Ooredoo — Square (box)

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، 2023 ގައި ރާއްޖޭގައި ބާއްވަން ހަމަޖެހުމަކީ އެންމެން ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށާއި އެކަން ކާމިޔާބު ކުރެވުނީ ގިނަ ބައެއްގެ މަސައްކަތުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ފައިސަލްގެ ވާހަކަފުޅުގައި ވޭތުވެދިޔަ އަހަރަކީ ޒުވާނުންނަށް އަމާޒުކޮށްގެން ކުޅިވަރުގެ އެކިއެކި މުބާރާތްތަކާއި ހޭލުންތެރިކުމުގެ އެކި ޕްރޮގްރާމްތަކާއި ލީޑަޝިޕްގެ ދާއިރާއިން ގިނަ ޕްރޮގްރާމްތަކެއް ސަރުކާރުން ކުރިޔަށްގެންދިޔަ އަހަރެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ސްކޫލުތަކުގައިވެސް ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންދާކަމުގައި ނައިބް ރައީސް ވިދާޅުވިއެވެ.

ފައިސަލް ވަނީ ގައުމުގައި ހިނގާކަންކަމަށް ވިސްނާ އެކަކު އަނެކަކަށް އަޅާލާ އޯގާތެރި ބަޔަކަށް ވުމަށާއި ޞިއްހަތަށް ގެއްލުންހުރި ކަންކަމާ ދުރުހެލިވުމަށް ޒުވާނުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ރޭގެ ޖަލްސާގައި ނައިބް ރައީސް ވަނީ ޒުވާނުންގެ އެވޯޑް އިފްތިތާޙްކޮށްދެއްވާފައެވެ. މި އެވޯޑްގެ އިތުރުން ކުޅިވަރާ ގުޅޭ އެވޯޑަކާއި ސިވިލް ސޮސައިޓީ އެވޯޑެއްވެސް މި ޙަފްލާގައި އިފްތިތާޙްކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް