ދުނިޔެ

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 4 މިލިއަނަށް – މީ ބިރުވެރި ސިގްނަލެއް

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކިގައުމުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ރިޕޯޓް ކުރި އަދަދު 4 މިލިއަނުން މައްޗަށް ގޮސްފިއެވެ.

Ads by Sosun Fihaara

މީގެ ތެރެއިން އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ އެމެރިކާ އިންނެވެ. އެމެރިކާއަށް ފަހު އެންމެ ގިނަ މީހުނަށް މި ބަލި ޖެހިފައިވަނީ ސްޕެއިން އިންނެވެ. ވަކި ކޮންޓިނެންޓެއް ގޮތުގައި ބަލާނަމަ އެންމެ ގިނަ މީހުނަށް ބަލިޖެހިފައިވަނީ ޔުރަޕުންނެވެ. ޔޫރަޕްގެ ގައުމުތަކުން 1،581،291 މީހުނަށް މިބަލި ވަނީ ޖެހިފައެވެ.

މިބަލީގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ ވެސް އެމެރިކާއިންނެވެ. އެމެރިކާ އިން މަރުވި މީހުންގެ އަދަދު 78 ހާހުން މައްޗަށް އަރައެވެ. އަދި އެމެރިކާގެ އިތުރުން 25 ހާހުން މަތިން މީހުން މަރުވި ކަމަށް ރިޕޯޓްކޮށްފައިވަނީ. އިނގިރޭސިވިލާތް، އިޓަލީ ސްޕޭން އަދި ފްރާންސުންނެވެ. ބްރެޒިލް އުޅެނީ 10 ހާހުގައެވެ. އިތުރު ގައުމަކުން މަރުވި މީހުންގެ އަދަދު 10 ހާހުން މައްޗަކަށް ނުދެއެވެ. އަލްޙަމްދުލި ﷲ!

ޖެނުއަރީމަހު ފެތުރެން ފެށި މިބަލި، ޖެހުނު މީހުންގެ އަދަދު 1 ލައްކައަށް އެރީ މާރޗް 6 ވަނަ ދުވަހުއެވެ. މަރޗް 26 ވަނަ ދުވަހު 5 ލައްކަ މީހުނަށް މި ބަލި ޖެހިގެން ރިޕޯޓް ކުރިއެވެ. އޭޕްރިލް 2 ވަނަ ދުވަހު 1 މިލިއަން މީހުނަށް މި ބަލި ޖެހި، އޭގެ ބަރާބަރު 2 ހަފްތާ ފަހުން އޭޕްރިލް 15 ގައި މި އަދަދު ދެ މިލިއަނަށް އިތުރުވިއެވެ.

ބަލި މީހުންގެ އަދަދު ދެ މިލިއަނުން 3 މިލިއަނަށް އަރަން ނެގީ އެންމެ ހަފްތާއެކެވެ. އޭޕްރީލް 27 ވަނަ ދުވަހު 3 މިލިއަން މީހުން މި ބައްޔަށް ޕޮޒިޓިވް ވެގެން ރިޕޯޓް ކުރި ނަމަވެސް، 3 މިލިއަނުން 4 މިލިއަނަށް އެރުމަށް ހަފްތާއަކަށް ވުރެ އެއް ދުވަސް އިތުރުން މިއީ، ﷲގެ ރަޙްމަތް ފުޅުން ލެއްވި ހެޔޮ ފާލެއް ކަމުގައި ބެލެވެއެވެ. ގައުމުތަކުގައި އިޢުލާން ކޮށްފައިވާ ލޮކްޑައުން ތަކާއި އެކު މި އަދަދު ދެން ބޮޑުތަނުން އިތުރު ނުވުން އެއީ އެންމެންގެ ވެސް ދުޢާއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!