ޚަބަރު

ފައްސިވި މީހުންގެ ތެރޭގައި 15 އަހަރުން ދަށުގެ 22 ކުޑަކުދިން ހިމެނޭ!

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ފައްސިވި މީހުންގެ ތެރޭގައި 15 އަހަރުން ދަށުގެ 22 ކުޑަކުދިން ހިމެނޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Ads by STELCO

މިހާތަނަށް ފައްސިވި 15 އަހަރުން ދަށުގެ 22 ކުދިންގެ ތެރެއިން 21 ކުދިންނަކީ ދިވެހިންނެވެ. އަނެއް ކުއްޖަކީ ސްރީލަންކާއަށް ނިސްބަތްވާ ޢުމުރުން 4 އަހަރުގެ ކުއްޖެކެވެ.

އިއްޔެ މާލެއިން ކޮވިޑަށް ފައްސިވި 96 މީހުންގެ ތެރޭގައި ހަތް މަހުގެ ތުއްތު ކުއްޖެއް ވެސް ހިމެނެއެވެ. މިކުއްޖާ ވެފައިވަނީ ރާއްޖެއިން ފައްސިވި އެންމެ ހަގު އުމުރުގެ ކުއްޖާއަށެވެ.

އިއްޔެ ފައްސިވި މީހުންގެ މަޢުލޫމާތުމާތު ހާމަކޮށް އެޗްޕީއޭގެ ޑޭޝްބޯޑުގައި ހާމަކޮށްފައި ވާގޮތުން ފައްސިވި ހަތް މަހުގެ ތުއްތު ކުއްޖަކީ ރާއްޖެއަށް ނިސްބަތްވާ ފިރިހެން ކުއްޖެކެވެ. މީގެއިތުރުން އިއްޔެވަނީ 2 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި، 7 އަހަރުގެ ކުޑަ އަންހެން ކުއްޖެއްވެސް ފައްސިވެފައެވެ.

މީގެ އިތުރުން 70 އަހަރުން މަތީގެ ހަތް މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މީގެތެރޭގައި ހިމެނެނީ 70 އަހަރާއި 80 އަހަރާއި ދެމެދުގެ ހަތަރު މީހަކާއި، 80 އަހަރާއި 90 އަހަރާއި ދެމެދުގެ ތިން މީހެކެވެ. މީގެ ތެރެއިން ދެ މީހަކު ވަނީ ބަލީގައި ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ.

ރާއްޖެއިން މިބަލީގައި ޖުމުލަ މަރުވެފައިވަނީ ތިން މީހުންނެވެ. އަނެއްމީހާއަކީ ޢުމުރުން 33 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!