ޚަބަރު

ވަކީލުން ދަރަޖަ ކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

އެކި މަރުހަލާގެ ކޯޓުތަކުގައި ވަކާލާތު ކުރާ ވަކީލުން ދަރަޖަ ކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ބާ ކައުންސިލުން ފުރުސަތު ހުޅުވާލައިފި އެވެ.

Ads by Sosun Fihaara

ބާ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ތަފާތު ދަރަޖަތަކުގެ ކޯޓުތަކަށް ހާޒިރުވެ ވަކާލާތުކުރުމުގެ ބޭނުމަށްޓަކައި އެކުލަވާލާފައިވާ ވަކީލުން ދަރަޖަކުރުމާގުޅޭ ގަވައިދުގެ ދަށުން އެ މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ދަރަޖަކުރުމާގުޅޭ ކޮމިޓީގެ މެންބަރުގެ މަގާމަށް ތިން މީހަކު ބޭނުންވާ ކަމަށާއި އެ މީހެއްގައި ހުންނަން ޖެހޭ އަސާސީ ޝަރުތަކީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލަކަށްވުން ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހު މެންދުރު 2:00 ގެ ކުރިން ބާ ކައުންސިލަށް ލިޔެކިޔުންތައް ހުށަހަޅުމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ވަކީލުން ދަރަޖަ ކުރުމުގެ ގަވާއިދު އެކުލަވާލައި، އެއަށް އަމަލު ކުރަން ފެށީ މިދިޔަ އަހަރު ޑިސެމްބަރު 31 ގަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!