ޚަބަރު

އައްޑޫ ހޮސްޕިޓަލުގައި ބޭނުން ކުރާނެ މާސްކެއް ސެނިޓައިޒާއެއް ނެތް!

ދެން އެމްވީ ، ދެން އޮންލައިން

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އިން ފޭސް މާސްކާއި ސެނިޓައިޒާ ހުސްވެއްޖެ ކަމަށް އޮންލައިން ނޫހެއް ކަމަށްވާ 'އައްޑޫ ލައިވް' އިން ބުނެފިއެވެ.

ހޮސްޕިޓަލް އިން ފޭސް މާސްކާއި ސެނިޓައިޒާ ހުސްވެފައިވާކަން ހޮސްޕިޓަލުގެ ނަރުހުން އެ ހޮސްޕިޓަލުގެ މެނޭޖުމަންޓުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރަ ޝަރަފު ސާދާތު އެކަށީގެންވާ ވަރަށް ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމެންޓް (ޕީޕީއީ) ނެތްކަމަށް ވެސް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އައްޑޫ އަށް ދެ ފަހަރެއްގެ މަތިން ޕީޕީއީ ލިބުނު ކަމަށެވެ. ނަމަވެސް އެ މިންވަރަކީ މިހާރުގެ ހާލަތަށް ބަލާފައި އެކަށީގެންވާ މިންވަރެއް ނޫން ކަމަށް ސާދާތު ވިދާޅުވިއެވެ.

އައްޑޫ ސިޓީން މާލެ ގެންދިޔައި ބަލި މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މި މީހާއަކީ ހިތުގެ މައްސަލަ އެއްގައި ޑޮކްޓަރަށް ދައްކަން ދިޔަ މީހެއް ކަމަށް ވުމާއެކު ވައިރަހުގެ އަލާމާތެއް ފެނިފައި ނުވާތީއާވެސް އެކުގައި، އެމީހާ އަށް ފަރުވާ ދިނުމުގައި ބައިވެރިވި އެއްވެސް މީހަކު ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ޕީޕީއީ ބޭނުން ނުކުރާ ކަމަށް ވެސް ސަދާތު ވިދާޅުވިއެވެ.

ފައްސިވި މީހާއާ ޖުމްލަ 26 މީހަކު ބައްދަލުވެފައިވާ ކަމަށް ސާތު ވިދާޅުވެފައިވާއިރު އޭގެ ތެރޭގައި 7 ޑޮކްޓަރަކާއި 10 ނަރުހުންގެ އިތުރުން މާލެ ގެނައުމުގައި މަސައްކަތް ކުރި މީހުން ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!