ސިފައިންނާ ދިމާލަށް ނިކަމެތި ބަސްތައް ރައްދުކުރި މީހުންގެ ދުލުން މިހާރު އިވެނީ ތައުރީފުގެ ބަސްތައް: މުއިއްޒު
ސިފައިންނާ ދިމާލަށް ނިކަމެތި ބަސްތައް ރައްދުކުރި މީހުންގެ ދުލުން މިހާރު އިވެނީ ތައުރީފުގެ ބަސްތައް ކަމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓަކަށް ރިޕްލައި ކުރައްވަމުން މުއިއްޒު ވިދާޅުވީ ދިވެހި ސިފައިންނަކީ އަބަދުވެސް އިހްލާސްތެރި، ނުގުޑާ ފަދަ ވަރުގަދަ އަޒުމެއްގައި ގައުމާ ލޯބިން ފުރިގެންވާ ކެރޭ ހީވާގި ފަހުލަވާނުން ތަކެއް ކަމަށެވެ.
"ދިވެހި ސިފައިންނާ ދިމާލަށް ނިކަމެތި ބަސްތައް ރައްދުކުރި މީހުންގެ އަމިއްލަ ދުލުން އެ ފަހުލަވާނުންނަށް ތައުރީފް މިހާރު މިދަނީ އޮހެމުން." މުއިއްޒު ވިދާޅުވިއެވެ.
Dhivehi Sifainnakee abadhuves ikhlaastheri, nugudaa fadha varugadha azumegge, qaumee loabin furigenvaa, kerey, heevaagi fahulavaanunthakeh! Dhivehi Sifainnaa dhimaalah nikamethi basthah rahdhu kuri meehunge amilla dhulun e fahulavaanunnah thaureef mihaaru midhanee ohemun!
— Dr Mohamed Muizzu (@MMuizzu) May 9, 2020
މާރިޔާގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ ސިފައިންގެ ތެރެއިން ބައެއް ބޭފުޅުން ކޮވިޑަށް ފައްސިވި ނަމަވެސް ދުވާލުދާ ހަތަރު ދަމު އެ މަސައްކަތް ކުރަމުން ދަނީ ބޮޑު "ސާޖް" އައުމުގެ ކުރިން ހުޅުމާލޭގައި އަޅާ ކޮވިޑް ހޮސްޕިޓަލު ނިންމުމުގެ މަސައްކަތް ކަމަށެވެ.