ޚަބަރު

ﷲ އަށް ޙަމްދުހުރި: އައްޑުއިން ކޮވިޑް-19 އަށް ފައްސިވި މީހާ ނައްސިވެއްޖެ

އައްޑޫއިން ކޮވިޑް-19 އަށް ފައްސިވި މީހާ ކޮވިޑް-19 އަށް ނައްސި ކަން ކަށަވަރުކުރެވިއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.

އުމުރުން 43 އަހަރުގެ އެމީހާ އަކީ ހާޓްއެޓޭކެއް ޖެހިގެން އިތުރު ފަރުވާއަށް މާލެއަށް ގެންދިޔަމީހެކެވެ. މި މީހާ ކޮވިޑް-19 އަށް ފައްސިވެފައިވާކަން އައިޖީއެމްއެޗް އަށް ގެންގޮސް ހެދި އޭނާގެ ފުރަތަމަ ޓެސްޓުން ދެއްކި ނަމަވެސް ފަހުން ހެދި ޓެސްޓުތަކުން އޭނާ މި ބައްޔަށް ނައްސިވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

އެޗްޕީއޭއިން މިކަން ހާމަކޮށް ކުރި ޓްވީޓުގައި، ބުނެފައިވަނީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން އައިޖީއެމްއެޗް އަށް ގެންދިޔަ މީހާ ކުރިން ކުރި ޓެސްޓުން އޭނާ ކޮވިޑް-19 އަށް ފައްސިވެފައި ވާކަމަށް ދެއްކި ނަމަވެސް މިހާރު އޭނާ މި ބައްޔަށް ނައްސިވެފައިވާ ކަމަށެވެ.

ފުރަތަމަ ޓެސްޓުން ފައްސިވި ނަމަވެސް އޭނާގެ ގައިން ކޮވިޑް19 ގެ އެއްވެސް އަލާމާތެއްވެސް ފެނިފައެއްނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!